މިސްރުގައި އޮންނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާލާއަށް

މިސްރުގައި ބާއްވާ ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހެލްތު ސައިންސަސްގެ ދަރިވަރު އަލްޙާފިޡާ އާލާ ޢަޡްމަތު ޖަމީލުއަށް ލިބިއްޖެއެވެ.
މި މަހުގެ ތޭރަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތަކީ "އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީޤުރުއާން" ނަމުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާތާ 27 ވަނަ އަހަރެވެ. މި މުބާރާތުގައި އާލާ ބައިވެރިވަނީ ތަޖުވީދުގެ ހަމަތަކާއެކު މުޅި ޤުރްއާން ހިތުދަސް ބައިގައެވެ.

އާލާ ވަނީ މީގެ ކުރިންވެސް ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކޮށްފައެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި 59 ވަނަ އިންޓަރނޭޝަނަލް އަލްޤުރްއާންރިސައިޓަލް އެންޑް މެމޮރައިޒިންގ އެސެމްބްލީ މުބާރާތުގެ އިތުރުން އެ އަހަރު ދުބާއީ ގައި ބޭއްވި ޝައިޚާ ފާޠިމާ ބިންތި މުބާރަކު ބައިނަލް އަޤްވާމީ 2 ވަނަ ޤުރްއާން މުބާރާތް ހިމެނެއެވެ.
މިސްރުގައި ބާއްވާ ޤުރްއާން މުބާރާތުގައި ދުނިޔޭގެ 70އަށް ވުރެ ގިނަ ގައުމުން ބައިވެރިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *