ގއ. އަތޮޅު ތައުލީމީ މަރުކަޒަށް 40 އަހަރު ފުރުނީ މި މަހުގެ އަށްވަނަ ދުވަހުއެވެ. މި މުނާސަބާ ފާހަގަކުރުމަށް އެ ސްކޫލްގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ގއ. އަތޮޅު ތައުލީމީ މަރަކަޒު ހުޅުވީ 1980 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހުއެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޕްރޮގްރާމްތައް ފެށީ ހުރިހާ ދަރިވަރުންނާއެކު ރޭ ފަތިސްނަމާދުންނެވެ. އެއަށްފަހު އެ މަރުކަޒުގެ 60 ކުއްޖައްކު ވަނީ ޚަތިމް ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ވިލިނގިލީގެ އިސްވެރިން ބައިވެރިވިއެވެ. މީގެ އިތުރުން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ޚާއްޞަ އެސެމްބްލީއެއް މިއަދު ހެނދުނު ވަނީ ބާއްވާފައެވެ. މި އެސެމްބްލީގައި އެ މަރުކަޒުގެ އެހާރާއި މިހާރުގެ ތާރީޚުގެ މައްޗަށް އޭރު ކިޔަވައިދެއްވި މުދައްދިސުންނާއި ދަރިވަރުން ވަނީ ވާހަކަ ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ދިދަ ނެންގުވުމާއި ދުވަހުގެ މުނާސަބަތުގައި ކޭކު ފެޅުން އޮތެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދު ތުއްތު ވިދާޅުވި ގޮތުގައި 40 ވަނަ އަހަރީ ދުވަހުގެ ހަރަކާތުގައި ވިލިނގިލީގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮތް ކަމަށާއި، ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ހުރިހާ ދަރިވަރުން ވެސް ޝާމިލުވިއެވެ.
" އެސެމްބްލީގައި ކުރީގެ ދަރިވަރުންނާއި މުދައްރިސުން ބަޔާންކޮށްދިނީ ވިލިނގިލީގެ އޭރުގެ ތައުލީމީ ހާލަތު. ތައުލީމުގެ ސަބަބުން ރަށަށް އައިސްފައިވާ ތަރައްގީ" ތަމްހީދު ވިދާޅުވިއެވެ.

އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލީ ވިލިނގިލީ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު ބޭއްވި ޕެރޭޑުންނެވެ. މި ޕެރޭޑްގައި ތައުލީމީ މަރުކަޒުގެ ޔުނީފޯމް ބޮޑީގައި ހަރަކާތްތެރިވާ ދަރިވަރުންނާއި ހުރިހާ ކުޅިވަރެއްގައި ބައިވެރިވެފައިވާ ދަރިވަރުންގެ އިތުރުން އެ މަރުކަޒުގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒު ހުޅުވީ ކޮމިއުނިޓީ ސްކޫލްގެ ނަމުގައެވެ. އޭރު ކިޔަވައި ދެމުން ގެންދިޔައީ 270 ދަރިވަރުންނާއެކު ގްރޭޑް އެކަކުން ފަހަކަށެވެ. އެދުވަސްވަރު، ދަނޑުވެރިކަމާއި ވަޑާންކުރުން ފަދަ އަތްތެރިމަސައްކަތްތައް ދަސްކޮށްދިނެވެ.
advertisment
ހިޔާލު