އިންޓަރ ސްކޫލް ފަނަރަ އަހަރުން ދަށުގެ ކުރިކެޓް ޗެމްޕިއަންކަން ތާޖުއްދީން ސްކޫލުން ހޯދައިފިއެވެ.
ތާޖުއްދީނުން ޗެމްޕިއަންކަން ހޯދީ މުހިޔިއްދީން ސްކޫލާ ވާދަކޮށެވެ. ދިހަ އޯވަރަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލްގައި ތާޖުއްދީނުން ވަނީ ދިހަ އޯވަރުގެ ތެރޭގައި ތިން ވިކެޓަށް 122 ލަނޑު ހަދާފައެވެ. މުހިޔިއްދީނަށް ނުވަ އޯވަރުގެ ތެރޭގައި ދިހަ ވިކެޓަށް ހެދުނީ 53 ލަނޑެވެ.
ވަނަވަނައަށް ފަރާތްތަކަށާއި ޓީމްތަކަށް އިނާމް ދެއްވީ ޝަރަފުވެރި މެހުމާނު، ކުރިކެޓް ބޯޑް އޮފް މޯލްޑިވެސްގެ ރައީސް މުޙަންމަދު އަފުލާހު، އަދި ނާއިބްރައީސް މާދިހު އިސްމާއިލެވެ.
މި މުބާރާތުގައި ހަ ސްކޫލަކުން ވާދަކޮށްފައިވާއިރު، ތިންވަނަ ލިބުނީ މަޖީޖިއްޔާ ސްކޫލަށެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަކީ އަހުމަދު ޝައްމާހު މުހަންމަދު، މުޙަންމަދު ރަޔާން ތޮލާލް، މުޙަންމަދު ޞޯބިރު، އާދަމް ޚަލަފު ޚަލީލް، ޔޫސުފު ރައިޝަން އަފުލާހުއެވެ.
ހިޔާލު