މެމްބަރަކަށް ވުމާއެކު ކޮމަންވެލްތުގެ ސްކޮލަރޝިޕް ދިވެހިންނަށް

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމާއި ގުޅިގެން ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތް ހަމަޖައްސައިފިއެވެ.

މިކަން މިގޮތަށް ހަމަޖެހިގެން ދިޔައީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއިއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވެވި ބައްދަލުވުމުގައި، ދިވެހި ދަރިވަރުންނަށް ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނެ މަގުފަހިކޮށްދެއްވުމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގަތުމާއި ގުޅިގެންނެވެ. މިނިސްޓަރ ޝާހިދުގެ އެދިވަޑައިގަތުމާއި ގުޅިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްވަނީ އެކަމަށް ތާއީދުކުރައްވައި، މިއަދުން ފެށިގެން ކޮމަންވެލްތުގެ ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭނެކަމަށް ނިންމަވާފައެވެ. މި ސްކޮލަރޝިޕްތަކާއި، ސްކޮލަރޝިޕްތަކަށް ކުރިމަތިލުމާއި ބެހޭ މައުލޫމާތު ވަރަށް އަވަހަށް ކޮމަންވެލްތުން ހާމަކުރައްވާނެއެވެ.

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވުމާ ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި އިއްޔެ ދިވެހިރާއްޖޭގެ ދިދަ ވަނީ ނަގާފައެވެ. އަދި މިއަދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ މިނިސްޓަރ ޝާހިދު ވަނީ ލަންޑަންގައި ބައްދަލުކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *