ހިރިޔާގެ ޑެޕިއުޓީ ޕްރިންސިޕަލް މަމްދޫޙު އިމާދުއްދީނަށް

ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަގާމުގައި ހުންނެވި އަލީ މަމްދޫޙް އިމާދުއްދީން ސްކޫލަށް ބަދަލުކުރައްވައިފިއެވެ. އަދި އިމާދުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގައި ހުންނެވި ލަތީފާ އަހުމަދު ވަނީ ހިރިޔާގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަގާމަށް ބަދަލުކުރައްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަމްދޫޙް އިމާދުއްދީނަށް ބަދަލު ކުރެއްވީ އެއް އަހަރު ދުވަހަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ގެންނެވި ބަދަލުގައި، އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރު ބަދަލުކުރެއްވީ ނެޝަނަލް އިންސްޓިއުޓް ފޯރ އެޑިއުކޭޝަން( އެންއައިއީ) އަށެވެ. ޑެޕިއުޓީ ޕްރިންސިޕަލް ކަމުގައި ހުންނެވި ޝަކީބާ އަލީ ބަދަލުކުރެއްވީ ތާޖުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަގާމަށެވެ.

މަމްދޫޙު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން މާސްޓަރސް ޙާޞިލް ކުރައްވާފައެވެ. މިހާރު ގެންދަވަނީ ޕީއެޗްޑީ ފުރިހަމަ ކުރައްވަމުންނެވެ.

އިމާދުއްދީން ސްކޫލްގެ ބެލެނިވެރިންނާއި މުދައްރިސުން ނިމިގެން ދިޔަ އަހަރުގެ ފަހުކޮޅު ވަނީ ޕެޓިޝަނަކާ ހުށަހަޅާފައެވެ. އެ ސްކޫލްގެ ބެލެނިވެރންނާއި މުދައްރިސުން ފާހަގަ ކުރައްވާ ގޮތުގައި ސްކޫލްގެ ހިންގުން ދޯދިޔާވެ އިސްވެރިންގެ ކޯޅުން އޮތީ ބޮޑުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި ފަދަ ބަދަލުތަކެއް ގެނައީ އެ ސްކޫލާއެކު ކުރި މަޝްވަރާތަކަށްފަހު، މުދައްރިސުންގެޚިޔާލު ހޯދުމަށް ކުރި ސާވޭއަކަށްފަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *