އިމާދުއްދީނުގެ ޕްރިންސިޕަލް އެންއައިއީއަށް، ދެ ޑެޕިއުޓީން ހިރިޔާއާއި ތާޖުއްދީނަށް

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ޝަކީބާ އަލީ އަދި ލަތީފާ ހަސަން އެހެން ތަނަކަށް ބަދަލުކޮށް ، އެ ސްކޫލުގެ ހިންގުން ވަގުތީ ގޮތުން، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ ވަނީ ހަވާލުކޮށްފިއެވެ.
ޝާތިރު ބަދަލު ކުރެއްވީ ނެޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ. ޑެޕިއުޓީންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުން ބަދަލު ކުރެއްވީ ހިރިޔާ ސްކޫލަށާއި ތާޖުއްދީނަށެވެ. އެޑިއުކޢޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ބަދަލު ގެނައީ ޝާތިރާއި، ޝަކީބާ އަލީ އަދި ލަތީފާ ހަސަން ވަކިކޮށް ދިނުމަށް އެދި ބެލެނިވެރިންނާއި މުދައްރިސުން ހުށަހެޅި ޕެޓީޝަނަކާ ގުޅިގެންނެވެ.

އެ ޕެޓިޝަން ހުށަހެޅީ އިމާދުއްދީން ސްކޫލް ހިންގުން ދޯދިޔާވެ އެތޭރޭގެ ކޯޅުން ބޮޑުވުމާ ގުޅިގެން އެކަމާ މުދައްރިސުންނާއި ބެލެނިވެރިން ހިތްހަމަ ނުޖެހިގެންނެވެ.

އިމާދުއްދީނުގެ އިސްވެރިން ވަކި ބަދަލުކުރެއްވުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލްގެ މުދައްރިސުން ލައްވައި ސާވޭ ފޯމެއް ފުރުއްވާފައެވެ. މި ފޯމް ފުރުއްވި ގިނަ މުދައްރިސުން ބޭނުން ވަނީ އެންމެ އިސްވެރިން އެ ސްކޫލުން ވަކިކުރެއްވުމަށެވެ.
މި ސާވޭއަށްފަހު، ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ވަކި ކުރެއްވީ ފުޅާ ދާއިރާއެއްގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހުއެވެ.

ހިޔާލު

2 Responses

  1. ތިކަހަލަ ތާކުންތާކު ނުޖެހޭ މީހުން އަނެއްކާވެސް އެ މަޤާމްގަ ގެންގޮސް އެހެން ސްކޫލްތަކަށް ލީމައި އެތަނެއްނޫންތަ ހަލާކުވާނީ…

  2. ތިކަހަލަ ތާކުންތާކު ނުޖެހޭ މީހުން އަނެއްކާވެސް އެ މަޤާމްގަ ގެންގޮސް އެހެން ސްކޫލްތަކަށް ލީމައި އެތަނެއްނޫންތަ ހަލާކުވާނީ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *