އާ ވެބްސައިޓާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޚިދުމަތްތައް އޮންލައިން ކުރަން ނިންމާފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ. އާ ވެބްސައިޓް ހަދަން ހަވާލުކޮށްފައިވަނީ ހޭޝް މޯލްޑިވްސްއާއެވެ. އެ ކުންފުނިން މި މަސައްކަތް ނިންމަން ހުށަހަޅާފައި ވަނީ 84 ދުވަހުގެ ތެރޭގައެވެ.
ދަރިވަރު ނޫހާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވީ އާ ވެބްސައިޓާއެކު އެ ޑިޕާޓްމަންޓުންދޭ ޚިދުމަތްތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. ކުރިން މެއިލްގެ ޒަރީއާއިން ކުރަމުންއައި މުއާމަލާތްތަކާއި ލިޔެކުންތައް މިހާރަށްވުރެ ފަސޭހައިން ފެންނާނެ ކަމަށެވެ.
ޑީޕީން ނިންމާފައި ވަނީ އާ ވެބްސައިޓާއެކު ޚާއްޞަ ޕޯޓަލްއެއްވެސް ތަރައްގީ ކުރާނެއެވެ. އިމްތިޙާނު ހަދާ ކޮންމެ ސެންޓަރަކަށްވެސް މި ޕޯޓަލް މެދުވެރިކޮށް އެ ޑިޕާޓްމަންޓާ މުއާމަލާތް ކުރެވޭނެއެވެ.
" އާ ވެބްސައިޓާއެކު، އީމެއިލްކޮށް ކުރަމުން އައި މުއާމަލާމާތްތައް ހުއްޓާލާނެ. އިމްތިހާނާ ގުޅުންހުރި ލިޔެކިޔުންތަކާއި މުއާމަލާމާތްތައް އަޅުގަނޑުމެން ކުރާނީ ޕޯޓަލް މެދުވެރިކޮށް" އިހުސާން ވިދާޅުވިއެވެ. " އިމްތިހާނުގެ ނަތީޖާތައް މެއިލް ކުރުމުގެ ބަދަލުގައި ދެން ލާނީ ޕޯޓަލްއަށް. ކަނޑައެޅިފައިވާ ކަނޑައެޅިފައިވާ ގަޑީގެ ފަހުން ޕޯޓަލްއިން ނަތީޖާ ފެންނަން ހުންނާނެ."
އިހުސާން ވިދާޅުވި ގޮތުގައި އާ ވެބްސައިޓުން ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ މުހިންމު މައުލޫމާތު ލިބެން ހުންނާނެއެވެ. ޕާސްޓްޕޭޕަރުތަކާއި އެގްޒަމިނަރުންގެ ރިޕޯޓާއި ކުދިންނަށް ބޭނުން ހިފޭގޮތަށް ތައްޔާރު ކޮށްފައިވާ މައުލޫމާތު ކަރުދާސްވެސް ލިބެން ހުންނާނެއެވެ.
" މަގްޞަދަކީ ސްކޫލްތަކާއި ޚާއްޞަކޮށް އެގްޒާމް ސެންޓަރުތަކާއި ކުދިންނާއި ބެލެނިވެރިންނާ އޮންނަ ގުޅުން މި ވެބްސައިޓް މެދުވެރުކޮށް ހަރުދަނާ ކުރުން." އިހުސާން ވިދާޅުވިއެވެ.
advertisment
ހިޔާލު