ކުނބުރުދޫ ސްކޫލް ރާޒުވާ މުބާރާތުގެ ޗެމްޕިއަންކަން އިއާދުއާއި ނަވާލަށް
ކުނބުރުދޫ ސްކޫލް ރާޒުވާ މުބާރާތުގެ ޗެމްޕިއަންކަން އަހުމަދު އިޔާދު މުޙަންމަދު އަޔާޒުއާއި މުޙަންމަދު ނަވާލް ބިން އަލީ ނިޔާޒު ހޯދައިފިއެވެ.
ކުނބުރުދޫ ސްކޫގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ރާޒުވާ މުބާރާތުގައި، އިޔާދު ޗެމްޕިއަންކަން ހޯދީ ޖޫނިއަރ ބައިންނެވެ. ނަވާލް ޗެމްޕިއަންކަން ހޯދީ ސީނިއަރ ބައިންނެވެ.
މި އަހަރު ބޭއްވި މުބާރާތުގައި ކުނބުރުދޫ ސްކޫލްގެ 36 ދަރިވަރުން ވާދަ ކުރިއެވެ. ޖޫނިއަރ ބައިގައި 17 ކުދިން، ސީނިއަރ ބައިގައި 19 ކުދިންނެވެ. މިއީ މި މުބާރާތް ބާއްވާތާ ވިހި ވަނަ އަހަރެވެ.
ކުނބުރުދޫ ސްކޫލުން މައުލޫމާތު ދެއްވާ ގޮތުގައި ރާޒުބާ މުބާރާތައް ކުދިން ތައްޔާރު ކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަން ކޮންމެ އަހަރަކުވެސް ލިބެމުންދެއެވެ.
advertisment
2 Responses
އަޙުމަދު އިޔާދު މުޙައްމަދު އަޔާޒު *
ސަޅި