ޤުރްއާން އަކީ އިޙްތިޔާރީ މާއްދާއެއް ނޫން: އެޑިއުކޭޝަން

ގްރޭޑް އެކަކުން ދިހަ އަކަށް ޤުރްއާން އަކީ އިޙްތިޔާރީ މާއްދާއެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރެނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިޙްތިޔާރީ މާއްދާއެއްގެ ގޮތިގައި ޤުރްއާން ހެދުމަކީ އެ މިނިސްޓްރީން އެއް އިރެއްގައިވެސް ވިސްނާފައިވާ ކަމެއް ނޫން ކަމަށެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އަޤީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެންތިބޭ، ޚުލްޤު ހެޔޮ ދަރިވަރަކަށް ހެދުމަށް އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ގްރޭޑް އެކަކުން 10ށް މިހާރުވެސް މާއްދާއެއްގެ ގޮތުގައި ޤުރްއާން ކިޔަވައިދެމުން ދާ ކަމަށާއި، ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 4އަށް މުޅިން އަލަށް ތަންފީޒުކޮށް ގްރޭޑް 9 ގެ ދަރިވަރުންނަށް މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ކިޔަވައިދޭން ފަށާފައިވާކަމަށެވެ. އަދި މި މިއަަހަރު ގްރޭޑް 10ގެ ދަރިވަރުންނަށްވެސް މާއްދާއެއްގެ ގޮތުގައި ޤުރްއާން ކިޔަވައިދެމުން ގެންދާ ކަަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *