ފަނަރަ އަހަރުން ދަށުގެ އުމުރު ފުރައަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިންޓަރސްކޫލް ކުރިކެޓް މުބަރާތް މިއަދު ހަވީރު ފަށާނެއެވެ.
މި މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ސްކޫލަކުން ހަ ޓީމެކެވެ. ދެ ގްރޫޕަކުން ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލާއި ބިލަބިންގ ހައި ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، މުޙްޔިއްދީން ސްކޫލްގެ އިތުރުން އިސްކަންދަރު ސްކޫލެވެ.
ދިހަ އޯވަރު ހިމެނޭ، މި މުބާރާތް ހަ ދުވަހަށް ދެމިގެންދާނެ އެވެ.
ހިޔާލު