އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ) އިން މަރަދޫ ސްކޫލަށް ފޮތްތަކެއް ހަދިޔާ ކޮށްފިއެވެ. މި ފޮތްތައް ހަދިޔާ ކުރެއްވީ އެޖަމިއްޔާގެ ރައީސް، ކުރީގެ ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއެވެ. މި ފޮތްތަކާ ހަވާލުވެވަޑައިގެންނެވީ މަރަދޫ ސްކޫލްގެ ޕްރިންސިޕަލެވެ.
އައްޑޫ ވިމެންސް އެސޯސިއޭޝަނުން ވަނީ މަރަދޫ ސްކޫލަށް 130 ފޮތް ހަދިޔާ ކުރައްވައިފައެވެ. އެ އެސޯސީއޭޝަނުން ބުނީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ސްކޫލްތަކަށް ފޮތް ހަދިޔާ ކުރައްވާފައިވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ފޮތް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މުދައްރިސުންގެ ފެންވަރު މަތި ކުރުމަށް ރާއްޖެއިން ބޭރުން ތަމްރީނު ދީފައި ވާނެ ކަމަށެވެ.
" ފޮތް ހަދިޔާ ކުރުމާއި މުދައްރިސުންގެ ތަރައްޤީއަށް މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދަނީ" އެ ޖަމިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޑރ. ޝަކީލާ ވަނީ އެ އެސޯސިއޭޝަންގެ ފަރާތުން މަރަދޫ ސްކޫލްގެ މުދައްރިސުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އިންޑިޔާއާއި އޮސްޓްރޭލިއާއަށް ފޮނުވައިގެން ތަމްރީނުކުރަން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.
މީގެ ކުރިންވެސް އެ އެސޯސިއޭޝަނުން ވަނީ މުދައްރިސުންނަށް މިފަދަ ތަމްރީނުތަކެއް ރާއްޖެއިން ބޭރުން ފޯރުކޮށް ދެމުންނެވެ.
advertisment
ހިޔާލު