ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމަށް، އިޝާރާތުން ވާހަކަ ދައްކަން ޖަމާލުއްދީން ސްކޫލްގެ މުދައްރިސުންނަށް ދަސްކޮށްދޭން ފަށައިފިއެވެ.
އިޝާރާތުން ވާހަކަ ދައްކަން ދަސްކޮށްދޭން ކުރިއަށް ގެންދާ ޓްރޭނިންގ ޕްރޮގްރާމުގައި އެ ސްކޫލްގެ އެކި ގްރޭޑް ތަކަށް ކިޔަވައި ދެމުންދާ 48 މުދައްރިސުން ބައިވެރިވެފައިވެއެވެ. އެއް ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ޓްރޭނިންގ ޕްރޮގްރާމުގެ ބޭނުމަކީ މުދައްރިސުން އެކަމަށް އަހުލުވެރި ކުރުވުމެވެ.

" ކޮންމެ ކުލާހެއްގައިވެސް އެބައުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން. އޭގެ ތެރޭގައި އިޝާރާތުން ވާހަކަ ދައްކަންޖެހޭ ކުދިންވެސް ހިމެނޭ. އެކުދިންނާ ވާހަކަދައްކާ މުއާމަލާތް ކުރާނެ ގޮތް، މުދައްރިސުންނަށް ކިޔައި މިދެނީ. " ލިޑިންގ ޓީޗަރު ހައްވާ ޝަރުމީލާ ވިދާޅުވިއެވެ.
މި ޓްރެއިނިންގ ޕްރޮގްރާމުގައި ކިޔަވައި ދެނީ އިޝާރާތުން ވާހަކަ ދައްކަން ތަމްރީނުވެފައި ތިއްބެވި އެ ސްކޫލްގެ މުދައްރިސުންނެވެ.
ޖަމާލުއްދީން ސްކޫލަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެންމެ ފުރަތަމަ ކިޔަވައިދޭން ފެށި ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ.
advertisment
ހިޔާލު