ގޭގައި ހަދަން ދަރިވަރުންނަށް ފިލާވަޅުތައް ނުދޭން ނިންމައި، " ނޯ ހޯމް ވަރކް ޕޮލިސީ" ރަސްގެތީމު ސްކޫލްގައި ތަޢާރަފު ކޮށްފިއެވެ. މިއީ މިފަދަ އުޞޫލެއް ރަސްމީ ސިފައެއްގައި ތަޢާރަފު ކުރި ފުރަތަމަ ފަހަރެވެ.
ރަސްގެތީމު ސްކޫލްގެ ޕްރިންސިޕަލް އަޒުލީމާ ގާސިމް ވިދާޅުވީ މި އަހަރުގެ ދިރާސީ ކިޔެވުން ފެށިގެން ދަރިވަރުންނަށް ގޭގައި ހަދާނެ މަސައްކަތެއް ހަވާލު ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ވޭތުވެދިޔަ ތިން ހަފުތާއަށް ބަލާއިރު، ގޭގައި ކުރަން މަސައްކަތް ހަވާލު ނުކުރުމުން ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށެވެ. އޭގެ ސަބަބުން ސްކޫލުގައި މުދައްރިސުން ދަރިވަރުންނަށް ދޭ ސަމާލުކަން އިތުރުވެ، ކުލާސްތެރޭގައި ފިލާވަޅުތައް ނިންމުވަން މުދައްރިސުންނަށް މަސައްކަތް ކޮށްދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

" ގޭގައި ދޭ މަސައްކަތް ނުނިންމޭ ކަމަށް ވަންޏާ ކުއްޖާ މި އިންނަނީ ބައެއް ފަހަރު ބާކީ ވެފައި. ބެލެނިވެރިން ވަރަށް ބުރަކޮށް ދިރިއުޅުމުގެ މަސައްކަތުގައި ވަގުތު ހޭދަކުރަމުން ކުއްޖާގެ ފިލާވަޅަށް ސަމާލުކަން ދެވޭގޮތް ނުވެފައި މި އޮންނަނީ. މި ހުރިހާ ކަމަކަށް ބަލާއިރު، މި ގެނައި ބަދަލުން ދަރިވަރާއި ބެލެނިވެރިޔާ އަދި މުދައްރިސަށް ލުއިތަކެއް ލިބޭ. އެކަމުގެ ފައިދާ އެބަ ފެނޭ " އަޒުލީނާ ވިދާޅުވިއެވެ. " އަޅުގަނޑުމެން ކިޔަވައި މި ދެނީ ސައިންސާއި ސޯޝަލް ސްޓަޑީޒް، އެޗްޕީއާއި ކުރިއޭޓިވް އާރޓްސް އެއްކޮށްލައިގެން ކޮމްބައިންކޮށް. މިގޮތަށް ކިޔަވައިދޭއިރު، މިސާލަކަށް ސައިންސްގެ މަސައްކަތެއް ނުނިމި އޮތީ. މިހެން ދިމާވެއްޖެނަމަ މުދައްރިސަށް ލިބޭ ބޮލޮކް ގަޑިތަކުގައި އެކުއްޖާ ލައްވާ އެ މަސައްކަތެއް ނިންމާލެވޭ."
އޭނާ ވިދާޅުވީ ގޭގައި ކުރާނެ މަސައްކަތް ނުދޭ އުޞޫލު ކަނޑައަޅަން މުދައްރިސުންނަށް ވެސް އުނދަގޫވި ކަމަށެވެ. ގޭގައި ކުރަން ދޭ މަސައްކަތް މާކުކުރަން ޖެހުން ނިމުކަށް އައުމުން މުދައްރިސުންނަށް ލިބިގެން ދިޔަ ލުއި މިހާރު އިހުސާސް ކުރެއްވެއެވެ.
އެއް ދަންފަޅިއަށް ކިޔަވައިދޭ ރަސްގެތީމު ސްކޫލުގައި ކިޔަވަމުން ގެންދަނީ 125 ދަރިވަރުންނެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
ހޯމަ ވޯކް ގެ ނަމުގަނުދެނީ……ކުލާހުގައި ހަވާލު ކުރެވޭ މަސައްކަތް ނުމި މޭޭބައި ގޭޭގަ އި ހަދަން ހަވާލާ ކުރެވޭ