ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގައި ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ހަ ދަރިވަރަކު

ވޭތުވެ ދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަ ދަރިވަރަކު އަދި މަތީ ސާނަވީގައި ދެ ދަރިވަރަކު ހިމެނިއްޖެއެވެ.

ސާނަވީގެ ގަދަ ދިހައްގެ ފަސްވަނައާއި ހަތްވަނައިގައި އެއް ކުއްޖަކު ހިމެނުނުއިރު، އަށްވަނަ އާއި ދިހަ ވަނައިން ކޮންމެ ވަނައެއްގައި ދެ ދަރިވަރަކު ހިމެނުނެވެ.

ވޭތުވެދިޔަ އަހަރު އެ ސްކޫލްގެ ޖުމުލަ ނަތިޖާ ވެސް ވަނީ މައްޗަށް ޖެހިލާފައެވެ. އެ ސްކޫލްގައި ސާނަވީއަށް ކިޔަވައިދިން 15 މާއްދާގެ ތެރެއިން 11 މާއްދާއިން 70 އިންސައްތަ ކުދިން ފާސްވިއެވެ. މަތީ ސާނަވީއަށް ބަލާއިރު 80 އިންސައްތަ ކުދިން އަށް މާއްދާއިން ފާސްވެފައިވެއެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒު މުޙަންމަދު ވިދާޅުވީ އެއް އަހަރުން އަނެއް އަހަރަށް ނަތީޖާ ރަނގަޅުވަމުންދާ ކަމަށާއި ގައުމީ ގަދަ ދިހައިގައި ހިމެނޭ ކުދިންގެ އަދަދު ވެސް އިތުރު ވަމުން އަންނަ ކަމަށެވެ. 2018 ވަނަ އަހަރު ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނީ އެ ސްކޫލްގެ ހަތަރު ދަރިވަރެކެވެ.
އެ ސްކޫލުން ވަނީ ގްރޭޑް އެގާރައަށް ވަނުމަށް ފުރުޞަތު ހުޅުވާލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *