އިންޓަވަލް ގަޑީގައި ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ވާހަކައެއް ކިޔައިދެނީ

ކޮންމެ ދުވަހެއްގެވެސް އިންޓަވަލް ގަޑީގައި ކޮންމެވެސް އެއް ދަރިވަރަކު ވާހަކައެއް ކިޔައިދޭ ގޮތަށް ހދ. އަތޮޅު ތަޢުލީމީ މަރުކަޒުން ހަމަޖައްސައިފިއެވެ.

މިއީ އެ ސްކޫލްގައި ކުރިއަށް ގެންދިޔަ " އެވްރި ޗައިލްޑް ކޭން ރީޑް" ގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމެކެވެ. އިންޓަވަލް ގަޑީގައި ވާހަކަ ކިޔައިދޭނީ ހުރިހާ ކުދިންނަށް އަޑުއިވޭނެހެންނެވެ.

އެ ސްކޫލުން ވަނީ ފޮތް ކިޔުމާއި ލިޔުންތެރިކަމަށްވެސް މިކަމުގެ ސަބަބުން ފައިދާތަކެއް ކުރާނެތީ އާއި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ފުރަތަމަ ގަޑިއަކީ ވެސް ކުދިން ފޮތް ކިޔާ ގަޑިއަކަށް ބަދަލުކޮށް ޓައިމްޓޭބަލުގައިވެސް ހިމަނާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *