ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެރަށު ސްކޫލުގެ ޓްރެފިކް މޮނިޓަރުން ތާޒާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު މިލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރު ޤާނޫނާއި ޤަވާއިދުތަކާއި ޓްރެފިކް މޮނިޓަރުން މަގުމަތީ ހަރަކާތްތެރިވާއިރު ދިމާވާ މައްސަލަތައް އޮޅުންފިލުވައި އެމައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އަދި ޓްރެފިކް މޮނިޓަރުން މަގުމަތީ ހަރަކާތްތެރިވާއިރު ބޭނުންކުރާ ހަރަކާތްތައް ހަނދާންހުރިތޯ ބެލުމަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފިޒިކަލް ޓްރެއިނިންގ ސެޝަނަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމުގައި އެސްކޫލުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން ޓްެރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ 23 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެދަރިވަރުން ދަނީ ސްކޫލު ފެށޭގަޑިތަކުގަ އާއި ސްކޫލު ނިމޭގަޑިތަކުގައި އެސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ވަމުންނެވެ.
advertisment
ހިޔާލު