ޘާނަވީއާއި މަތީ ޘާނަވީގެ ޤައުމީ ގަދަ ދިހައިގައި މޭނާ ސްކޫލްގެ ނުވަ ދަރިވަރަކު

މިދިޔަ އަހަރު ބޭއްވި ޘާނަވީ އިމްތިޙާނާއި މަތީ ޘާނަވީގެ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި މޭނާ ސްކޫލްގެ ނުވަ ދަރިވަރަކު ހިމެނިއްޖެއެވެ.

ޘާނަވީން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވަނީ ތިން ދަރިވަރުންނެވެ. އެއީ ހަތަރުވަނަ ހޯދި އާސިނާ މުޙަންމަދުއާއި، ނުވަނަ ހޯދި މަރިޔަމް ރަޝާ ޒުހުރީއާއި ފާތިމަތު ރަހާ ޒުހުރީއެވެ.
އޭލެލްގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ ހަތަރު ވަނަ ހޯދި ރާފިއު ރަޝީދުއާއި ހަވަނަ ހޯދި އަލީ މަހާސިން ޙަސަން މަނިކުއެވެ. ހަތް ވަނައަށާއި ނުވަ ވަނައިގައި މޭނާ ސްކޫލްގެ ދެ ދަރިވަރުން ހިމެނިފައިވެއެވެ. އެއީ ހަތްވަނައިގައި ހިމެނުނު އާމިނަތު ޝިބާ އަހުމަދުއާއި ފާތިމަތު އަހުނާ އަލީއެވެ. ނުވަ ވަނައިގައި ހިމެނުނު ދެ ދަރިވަރުންނަކީ ފާތިމަތު ޒިއުނާއާއި އިބްރާހިމް މައުޒަމް މައުމޫނެވެ.

2018 ފިޔަވައި ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ޘާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި މޭނާ ސްކޫލްގެ ދަރިވަރަކު ނުހިމެނި ދިޔައީ 2018 ވަނަ އަހަރުއެވެ. މުޅި ރާއްޖެއަށް ބަލާއިރުވެސް މޭނާ ސްކޫލްގެ އޭލެވެލްގެ ނަތީޖާ ފާހަގަކޮށްލެވެއެވެ. 2018 ވަނަ އަހަރު އޭލެވެލްގައި އެ ސްކޫލުން ބައިވެރިވި ނުވަ ދަރިވަރުންގެ ތެރެއިން ހަތަރު ކުދިން ޤައުމީ ގަދަ ދިހައިގެ ތެރޭގައި ހިމެނުނެވެ. ނިމިގެން ދިޔަ އަހަރު 15 ކުދިން ބައިވެރިވެ ހަ ދަރިވަރަކު ވަނީ ޤައުމީ ގަދަ ދިހައިގައި ހިމެނިފައެވެ.

މޭނާ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝަހީމް ވިދާޅުވީ ޤައުމީ ގަދަ ދިހައެއްގައި ހިމެނި، އެ ސްކޫލް ފަޚުރުވެރި ކުރުވާ ދަރިވަރުން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެ ސްކޫލުން ދަނީ ކުދިންގެ ކިޔެވުމާއި ހުނަރު ތަރައްޤީ ކުރަން ގިނަ މަސްކަތްތަކެއް، ލިބެން ހުރި މަދު ވަޞީލަތްތައް ބޭނުން ކޮށްގެން ފޯރުކޮށްދެމުންނެވެ.
" ކުރެވޭ މަސައްކަތާއި އަޅާބަލާއިރު، ނަތީޖާ އާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އެއް އަހަރުން އަނެއް އަހަރަށް ނަތީޖާއިން އެކަން އެބަ ދައްކާ" އިބްރާހިމް ޝަހީމް ވިދާޅުވިއެވެ.
މޭނާ ސްކޫލުން ވަނީ އޭލެވަލްއަށް ކިޔަވަން ބޭނުންވާ ކުދިންނަށް ފުރުޞަތު ހުޅުވާލާފައެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. ’މުޅި ރާއްޖެއަށް ބަލާއިރުވެސް މޭނާ ސްކޫލްގެ އޭލެވެލްގެ ނަތީޖާ ފާހަގަކޮށްލެވެއެވެ. 2018 ވަނަ އަހަރު އޭލެވެލްގައި އެ ސްކޫލުން ބައިވެރިވި ނުވަ ދަރިވަރުންގެ ތެރެއިން ހަތަރު ކުދިން ޤައުމީ ގަދަ ދިހައިގެ ތެރޭގައި ހިމެނުނެވެ. ނިމިގެން ދިޔަ އަހަރު 15 ކުދިން ބައިވެރިވެ ހަ ދަރިވަރަކު ވަނީ ޤައުމީ ގަދަ ދިހައިގައި ހިމެނިފައެވެ.' އަލްޙަމްދު ލިއްލާހި. މޭނާ ސްކޫލަށް އަބަދުމެ ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށި. އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *