ގެމަނަފުށީ ސްކޫލްގެ 23 ދަރިވަރަކު ގާރލްގައިޑް ހުވާކޮށް، އެ ހަރަކާތާ ގުޅިއްޖެ

ގެމަނަފުށީ ސްކޫލްގެ 23 ދަރިވަރަކު ގާރލްގައިޑް ހުވާކޮށް އެ ހަރަކާތާ ގުޅިއްޖެއެވެ. މިއީ ގެމަނަފުށީގައި ގާރލްގައިޑް ހަރަކާތް ރަސްމީކޮށް ފެށިފަހުން އެ ސްކޫލްގެ ދަރިވަރުން ހުވާކުރި ފުރަތަމަ ފަހަރެވެ.

ގެމަނަފުށީ ސްކޫލްގެ ޕްރިންސިޕަލް އަސްލަމް ހުސައިން ވިދާޅުވީ އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ސްޓަރ، އަދި ލިޓްސްމެއިޑްގެ ހަރަކާތްތައް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށާއި، މިހާރުވެސް ގާރލްގައިޑް ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
ގްރޭޑް ދިހައަކާ ހަމައަށް ކިޔަވައިދެމުން ގެންދާ ގެމަނަފުށީ ސްކޫލްގައި މެދުކެނޑުމަކަށްފަހު ސްކައުޓް ހަރަކާތްވެސް ހުސްވި އަހަރު ވަނީ ފަށާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *