ނިއު ލެގޫން ސްވިމިންގ ކުލަބުން އޯޓިޒަމް ކުދިންނަށް ފަތަން ދަސްކޮށްދޭން ފަށައިފި

ނިއު ލެގޫން ސްވިމިންގ ކުލަބުން އޯޓިޒަމް ކުދިންނަށް ފަތަން ދަސްކޮށްދޭން ފަށައިފިއެވެ. މިއީ އޯޓިޒަމް އެސޯސިއޭޝަންއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިއަދު ހަވީރު މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 9ން 10ށް ފަތަން ދަސްކޮށްދިނުން ކުރިއަށް ގެންދާނެއެވެ. މިއަދު ފެށި ޕްރޮގްރާމް ފެށިއިރު، ދިހަ ކުއްޖަކު ބައިވެރިފައިވެއެވެ.
ނިއު ލެގޫންސުން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތައް މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *