ދަސްވާރު ހުއްޓާލީ ކިޔެވުމަށް ސަމާލުކަން ނުދީ ލުއިގޮތަކަށް ޘާނަވީ މަރުހަލާ ނިންމާލާތީ: އެޑިއުކޭޝަން

ދަސްވާރު ހުއްޓާލީ ކިޔެވުމަށް ސަމާލުކަން ނުދީ ލުއިގޮތަކަށް ޘާނަވީ މަރުހަލާ ނިންމާލާތީ: އެޑިއުކޭޝަން
ދަސްވާރު ޕްރޮގްރާމް ހުއްޓާލީ ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ ލުއިގޮތަކަށް ޘާނަވީ މަރުހަލާ ނިންމާލާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ ދަސްވާރަށް ބައެއް ދަރިވަރުން ލެވިފައި ވަނީ އެންމެ އެދެވޭ ގޮތަށް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސްކޫލްގެ ނަތީޖާ މަތިކުރުމަށް ގައުމީ މަންހަޖުގައި ހިމެނޭ މުހިންމު މާއްދާތައް ނުކިޔަވައި ދަސްވާރު ހެދުމަށް މަޖުބޫރު ކޮށްފައިވާ ކަމަށެވެ.
" މިކަމުގެ ސަބަބުން ދަރިވަރުގެ ޘާނަވީ ކިޔެވުމުގެ މަރުހަލާއަށް ވަރަށް ނޭދެވޭ އަސަރު ކުރެއެވެ. އަދި ގްރޭޑް ދިހައެއްގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެނގުމުން ދަށް ގްރޭޑް ތަކުގައިވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ " ލުއި" ގޮތަކަށް ޘާނަވީ މަރުހަލާ ނިންމާކަން ފާހަގަކުރެވިފައިވާ ކަމަށެވެ" އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ ބައެއް ސްކޫލްތަކުގައި ފާއިތުވެދިޔަ އަހަރު ތަކުގައި މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކު ގެންގޮސްފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަސްވާރު ޕްރޮގްރާމް އަމާޒު ކުރެވިގެން ދިޔައީ ތައުލީމީ ގޮތުން ދަށް ދަރިވަރުންނަށް ގިނަ ދަރިވަރުންތަކެއް ތައުލީމީ ސަފުން ބާކީވެގެން ގޮސްފައިވާ ކަމަށެވެ. އަދި ދަސްވާރު ނިންމާ ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޔަންކިޔަން ނޭނގުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ދަތި ތަކެއް ލިބެމުން ދާކަމަށެވެ.
ބައެއް ސްކޫލްތަކުގައި ފާއިތުވި އަހަރު ތަކުގައި މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކު ގެންގޮސްފައިވާކަންވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

" އަޅުގަނޑުމެންގެ އަމާޒަކީ ގިނަ ފަރާތްތަކެއްގެ ލަފަޔާ އިރުޝާދުގެ އަލީގައި ކޮންމެ ކުއްޖަކަށްވެސް ދިރިއުޅުމަށް ބޭނުން ހިފޭ ހުނަރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ފެށިފައެވެ." އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. " އަޅުގަނޑުމެންގެ މަޤްޞަދަކީ ހުނަރަކީ ހަމައެކަނީ ދަށް ކުދިންނަށް އޮންނަ އެއްޗަކަށް ހެދުމުގެ ބަދަލުގައި ސްކޫލްތަކުން ނުކުންނަ ކޮންމެ ދަރިވަރަކީވެސް މަސައްކަތްތެރި ހުނަރެއް ދަސްކޮށްފައިވާ ދަރިވަރަކަށް ހެދުމެވެ. އުއްމީދަކީ ގްރޭޑް 10 ނިންމާ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ޤާބިލު މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވޭ މިންވަރަށް ލިޓްރެސީ އާއި ނިއުމެރެސީ އެނގޭ އަދި ދިވެހިބަހާއި ދީނަށް އަހުލުވެރި ދަރިވަރަކަށް ހެދުމެވެ"

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދަސްވާރުގެ ބޭނުމަކީ އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތު ކޮށް ހަރުދަނާކަންމަތީ ދިރިއުޅޭ އެންމެން ޝާމިލުވާ މުޖުތަމައަކަށް ގާބިލު އިންސާނުން ބިނާކުރުން. ދެން ވާނެ ގޮތަކީ ކުރިއެކޭވެސް އެއްގޮތަށް ފޮތްއެދުރުން ނޫން ބައެއް ނެތި ގައުމުގެ ހެވާއި ލާބައަށް މަސައްކަތް ކުރާނެ ބަޔަކު ނެތި ލާޗާރުބިޗާރު ޖީލެއް އުފެދުން. ތިބޭނީ ފޮތް އެދުރުން. ކަމެއް ކުރާކަށް ނޭނގޭނެ. ދިރިއުޅެނެ ގޮތެއް ނޭނގޭނެ. ތީތި ސަޅިއެއް ނޫން ތީތި ކަޑަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *