ރައިޝަން: ފުރޮޅުލީގޮނޑީގައި އިނދެ އޭލެވެލްގައިވެސް ގަދަ ދިހައެއްގައި

މުޙަންމަދު ރައިޝަން އޭލެވެލްގެ ގައުމީ ގަދަ ދިހައެއްގައި ހިމެނުމަކީ އާދައިގެ ކަމެއް ނޫނެވެ. މި ވޭތިވެދިޔަ ބާރަ އަހަރުގެ ތެރެއިން ގިނަ ވަގުތު ހޭދަކުރީ ފުރޮޅުލީ ގޮނޑީގައެވެ. އެ ގޮނޑީގައި އިނދެ 2017 ވަނަ އަހަރު އޯލެވެލްއިން އޭ ސްޓަރއަކާއި ފަސް މާއްދާއިން އޭ އަދި އެއް މާއްދާއިން ބީއާއި ސީއެއް ހޯދިއެވެ. އަދި އެހެންމެ ނިމިގެންދިޔަ އޭލެވެލް އިމްތިޙާނުގައިވެސް އޭނާ ހޯދީ ފާހަގަނުކޮށް ދޫކޮށް ނުލެވޭ ވަރުގެ ކާމިޔާބީއެކެވެ. ގައުމީ ގަދަ ދިހައެއްގެ ދިހަ ވަނައިގައި ހިމެނި، ދެ އޭއާއި ދެ ބީގެ އިތުރުން ދެ މާއްދާއިން ސީ ހޯދިއެވެ.

" މިއީ އުއްމީދު ކުރި ނަތީޖާއެއް ނޫން. ގައުމީ ގަދަ ދިހައެއްގައި ހިމެނިދާނެ ކަމަށް ގަބޫލެއް ނުކުރަން. މިއީ ސަޕްރައިޒެއް" ދަރިވަރު ނޫހާ ވާހަކަ ދައްކަމުން ރައިޝަން ބުންޏެވެ.
ރައިޝަން ދެކޭގޮތުގައި އޭނާގެ ތައުލީމީ ދަތުރުގައި މަންމަގެ ދައުރު ބޮޑެވެ. އެއް ކުލާހުގައި ކިޔަވަމުން ދިޔަ ކުދިންނާއި ކިޔަވައިދިން މުދައްރިސުންގެ ހިއްސާ ބޮޑެވެ. އެމީހުންގެ އެހީތެރިކަމާއި އެއްބާރުން ނެތި މިކަމެއް ނުވާނެ ކަމަށް އޭނާ ދެކެވެ.

" އެ އެންމެންގެ އެހީތެރިކަމާ ނުލައި މިކަމެއް ނުވާނެ. އެއީ މި ކުރި ދަތުރުގެ އެންމެ މުހިންމު ބައިވެރިން" ރައިޝަން ބުންޏެވެ.
ފުރޮޅުލީ ގޮޑީގައި އިނދެގެންވެސް ބަރާބަރަށް ސްކޫލަށް ދެއެވެ. ދޭ ފިލާވަޅުތައް ނިންމައެވެ. އިތުރު ހަރަކާތްތަކުގައި އެހެން ކުދިންނެކޭ އެއްގޮތަށް ބައިވެރިވެއެވެ. ކިޔެވުމުގެ މަރުޙަލާތަކުގައި ދިމާވި އެންމެ ބޮޑު ދައްޗަކީ ސްކޫލްގެ ކޮމްޕިއުޓަރ ލެބް ، ލައިބްރަރީ ފަދަ ތަންތަން މަތީ ފަންގިފިލާތަކުގައި ހުރުމެވެ. އެތަންތަނަށް އެރުމަކީ ރައިޝަންއަށް ފަސޭހަ ކަމެއް ނޫނެވެ. ކަލާފާނުގައި ކިޔެވި ދުވަސްވަރު އުފުލާލައިގެން މަތީ ފަންގިފިލާތަކަށް ގެންދިޔައެވެ. އެހެން ނަމަވެސް ފުރޮޅު ގޮނޑިއާ ހިސާބުން އެ ހުރިހާ ކަމެއް ކުރީ ތިރީގައި ގޮނޑީގައި އިނދެގެންނެވެ.

" ކުދިންނަށް ސްޓޭޖް މަތިން ފޯމްދޭއިރުވެސް އެތަނަށް ނޭރޭތީ އިންނަން ޖެހެނީ އެހެން ކުދިންނާ ވަކިން" ރައިޝަން ބުންޏެވެ.
ސީއެޗްއެސްސީއަށް ބަދަލުވުމާއެކު ސްކޫލަށް ވަނުމުގައި ފަސޭހަތަކެއް ލިބުނެވެ. ސްކޫލަށް ވަނުމަށާއި ކުލާހަށް ފަސޭހައިން ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނެވެ. އެހެން ނަމަވެސް ލެބޯޓްރީއާއި ކެމިސްޓްރީ ލެބް ފަދަ ތަންތަން މަތީ ފަންގިފިލާތަކުގައި ހުރުމުން ދަތިތަކާ ދިމާވިއެވެ. މިހެންވެ އެކްސްޕެރިމެންޓްތައް ހަދަން ފަށައިގަތީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ. ނަމަވެސް އެކަން ކުރެވޭގޮތެއް ނުވިއެވެ. ވީޑިއޯ ފެނުނުއިރު އަޑެއް ނައެވެ.

" ވީޑިއޯ ފެނުނު އިރު އަޑު ނީވޭ، އެހެންވެ ވީޑިއޯ ވަކިން ދައްކައިގެން ޓީޗަރަކު އައިސް ކިޔަވައި ދިނީ" މިހާރު 18 އަހަރު ފުރިގައިވާ ރައިޝަން ކިޔައިދިނެވެ. " ފިޒިކްސް، ބައިލޮޖީ އެކްސްޕެރިމެންޓްތައް ހެދީވެސް ބޭނުންވާ ސާމާނާއި ތަކެތި ކުލާހަށް ގެނެސްގެން"

ރައިޝަން ތައުލީމީ ހަޔާތުގައި ޓިޝަނަކަށް ނުދެއެވެ. އޭގެ ބަދަލުގައި އޭނާ ދިޔައި އެހެން ކުދިންނަށް ޓިއުޝަން ދެމުންނެވެ. ޓިއުޝަން ދެމުން ދިޔައީ ޓެލެގްރާމް މެދުވެރިކޮށެވެ. ހުސްވި އަހަރު އޭނާ ކިޔަވައިދިން ކުއްޖަކަށް ވަނީ ގައުމި ގަދަ ދިހައެއްގެ ހަތްވަނަ ލިބިފައެވެ. ތ.ގުރައިދޫ ސްކޫލްގެ އެ ދަރިވަރަށް ރައިޝަން ޓިއުޝަން ދިނީ ސައިންސްގެ ހުރިހާ މާއްދާތަކަށެވެ.
ރައިޝަންގެ އަޒުމް ވަރުގަދައެވެ. މިހާރު އޭނާ ހުރީ ތައުލީމީ ޙަޔާތުގެ މަތީ މަރުޙަލާ އިނގިރޭސި ވިލާތުގައި ފުރިހަމަ ކުރަން ނިންމައިގެންނެވެ. ބޭނުން ވަނީ ސައިކޮލޮޖީގެ ދާއިރާއިން ކުރިއަށް ދާށެވެ. ބަލަމުންދަނީ އެ ދާއިރާއިން ސްކޮލަރޝިޕެއް ލިބޭނެ އިރަކަށެވެ.
" އިނގިރޭސި ވިލާތަށް ދާން ބޭނުންވަނީ އެންމެ ކަމެއްގައި. އެއީ އަޅުގަނޑުގެ ބައްޔަށް ބޭނުންވާ ފަރުވާ ލިބެން އޮތީ އެތަނުން ކަމަށް ވާތީ" ރައިޝަން ހުރީ އުއްމީދުގައެވެ." އެތަނުގައި ކިޔަވަންޏާ ހިލޭ އެކަން ކުރެވެން އޮތީމާ"

ރައިޝަންއަށް ހިނގުމުން މަހޫރުމް ވެފައި ވަނީ ސްޕައިނަލް މަސްކިއުލާ އެޓްރޮޕީ ޓައިޕް ދޭއްގެ ސަބަބުންނެވެ. އޭނާ ބޭނުން ވަނީ އެ ފަރުވާއަށްފަހު ހަމަ އިސްކޮޅަށް ތެދުވާށެވެ. އެއީ އެ އިންޖެކްޝަން ޖެހުމުން ރަނގަޅު ވުމުގެ ފުރުޞަތު އޮތީމައެވެ.
ރައިޝަން ވަނީ ގައުމީ ފެންވަރުގެ އެވޯޑްތަކެއްވެސް ހޯދާފައެވެ. އޭގެ ތެރޭގައި ރިވެލި އެވޯޑް ހިމެނެއެވެ. އަދި އޭނާ ދަނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުގައި މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.

ހިޔާލު

6 Responses

  1. ޢޭނާ ފުރޮލުލީ ގޮނޑީގައި އިނަސް ބަރާބަރަށް ފިލާވަޅުތައް ލިބޭތީ މޮޅު ނަތީޖާ ހޯދޭނެތާ! މައްސަލަ އުޅެނީކީ އޭނާގެ ސިކުނޑީގައެއް ކަންފަތުގައެއް ނޫނިއްޔާ ދޯ؟ ޜަށްފުށުގައި ލެބޯޓްރީގެ ޚިދުމަތް ލިބެން ނުހުންނަ ސްކޫލެއްގައި ކިޔަވައިގެން ކެމިސްޓްރީ ބަޔޮލޮޖީ އިން އޭ ސްޓާރވހޯދާ ކުދިންނާ ގުޅޭ ގޮތުން ރިޕޯރޓެއް ގެނެސްލަ ދީބަލަ!

  2. ޢޭނާ ފުރޮލުލީ ގޮނޑީގައި އިނަސް ބަރާބަރަށް ފިލާވަޅުތައް ލިބޭތީ މޮޅު ނަތީޖާ ހޯދޭނެތާ! މައްސަލަ އުޅެނީކީ އޭނާގެ ސިކުނޑީގައެއް ކަންފަތުގައެއް ނޫނިއްޔާ ދޯ؟ ޜަށްފުށުގައި ލެބޯޓްރީގެ ޚިދުމަތް ލިބެން ނުހުންނަ ސްކޫލެއްގައި ކިޔަވައިގެން ކެމިސްޓްރީ ބަޔޮލޮޖީ އިން އޭ ސްޓާރވހޯދާ ކުދިންނާ ގުޅޭ ގޮތުން ރިޕޯރޓެއް ގެނެސްލަ ދީބަލަ!

  3. ޢޭނާ ފުރޮލުލީ ގޮނޑީގައި އިނަސް ބަރާބަރަށް ފިލާވަޅުތައް ލިބޭތީ މޮޅު ނަތީޖާ ހޯދޭނެތާ! މައްސަލަ އުޅެނީކީ އޭނާގެ ސިކުނޑީގައެއް ކަންފަތުގައެއް ނޫނިއްޔާ ދޯ؟ ޜަށްފުށުގައި ލެބޯޓްރީގެ ޚިދުމަތް ލިބެން ނުހުންނަ ސްކޫލެއްގައި ކިޔަވައިގެން ކެމިސްޓްރީ ބަޔޮލޮޖީ އިން އޭ ސްޓާރވހޯދާ ކުދިންނާ ގުޅޭ ގޮތުން ރިޕޯރޓެއް ގެނެސްލަ ދީބަލަ!

  4. ޢޭނާ ފުރޮލުލީ ގޮނޑީގައި އިނަސް ބަރާބަރަށް ފިލާވަޅުތައް ލިބޭތީ މޮޅު ނަތީޖާ ހޯދޭނެތާ! މައްސަލަ އުޅެނީކީ އޭނާގެ ސިކުނޑީގައެއް ކަންފަތުގައެއް ނޫނިއްޔާ ދޯ؟ ޜަށްފުށުގައި ލެބޯޓްރީގެ ޚިދުމަތް ލިބެން ނުހުންނަ ސްކޫލެއްގައި ކިޔަވައިގެން ކެމިސްޓްރީ ބަޔޮލޮޖީ އިން އޭ ސްޓާރވހޯދާ ކުދިންނާ ގުޅޭ ގޮތުން ރިޕޯރޓެއް ގެނެސްލަ ދީބަލަ!

  5. ޢޭނާ ފުރޮލުލީ ގޮނޑީގައި އިނަސް ބަރާބަރަށް ފިލާވަޅުތައް ލިބޭތީ މޮޅު ނަތީޖާ ހޯދޭނެތާ! މައްސަލަ އުޅެނީކީ އޭނާގެ ސިކުނޑީގައެއް ކަންފަތުގައެއް ނޫނިއްޔާ ދޯ؟ ޜަށްފުށުގައި ލެބޯޓްރީގެ ޚިދުމަތް ލިބެން ނުހުންނަ ސްކޫލެއްގައި ކިޔަވައިގެން ކެމިސްޓްރީ ބަޔޮލޮޖީ އިން އޭ ސްޓާރވހޯދާ ކުދިންނާ ގުޅޭ ގޮތުން ރިޕޯރޓެއް ގެނެސްލަ ދީބަލަ!

  6. ސާބަހޭ ރައިޝަން. ހޯދި މަތިވެރި ކާމިޔާބަށް ތަހުނިޔާ ކިޔަން! ކުރިމަގުގައިވެސް ރައިޝަން އަށް ކާމިޔާބާއި ކުރިއެރުމަށް އެދެން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *