ނިމިގެން ދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނަށް އެ ސްކޫލުން ކަނޑައެޅި ލަނޑުދަނޑި ޙާޞިލް ކުރެވިފައިވާ ކަމަށް އައްޑޫސިޓީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހަންމަދު ދީދީ ވިދާޅުވެއްޖެއެވެ.
ހުސްވި އަހަރަށް އެ ސްކޫލުން ކަނޑައެޅި ލަނޑުދަނޑިއަކީ އޯލެވެލްގައި ފަސް މާއްދާއިން ފާސްވާ މިންވަރު 75އިންސައްތައިގައި ހިފެހެއްޓުމެވެ. އޯލެވެލްގައި އެ ސްކޫލުން ބައިވެރިވި ކުދިންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ކުދިންގެ އިންސައްތައަކީ 76 އެކެވެ. ބައިވެރިވި ހުރިހާ ކުދިން ވަނީ ތިން މާއްދާއިން ފާސވެފައެވެ.
އޯލެވެލްގެ ގައުމީ ގަދަ ދިހައެއްގައި 11 ކުދިން ހިމެނި، އެ އަދަދު ވަނީ ނިމިގެން ދިޔަ ދެ އަހަރު، އެއް ވަރެއްގައި ހިފެހެއްޓިފައެވެ.
އާރޓްސްގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ އޯލެވެލްއިން ފާސްވެފައެވެ. ވަކިވަކި އެހެން މާއްދާތަކަށް ބަލާއިރު، ހިސާބުން 98 އިންސައްތަ، ފިޒިކްސްއިން 97 އިންސައްތަ، ބަޔޯއާއި ޓްރެވަލް އެންޑް ޓޫރިޒަމުން 90 އިންސައްތަ ކުދިން ވަނީ ފާސްވެފައެވެ.
ޑރ އާސިޔަތު ވިދާޅުވީ އެ ސްކޫލުން ކަނޑައެޅީ ލަނޑުދަނޑި ކާމިޔާބުވީ ވަރަށް ގިނ ފަރާތްތަކެއްގެ ބުރަ މަސައްކަތުން ކަމަށެވެ.
" އާ ކަރިކިއުލަމާއެކު، މި އަހަރު އޯލެވެލް ހަދާ ކުދިންނަށް ގޮންޖެހުންތަކެއް އެބަހުރި، އެކަންތައް އެއް ފަރާތްކުރުމަށްފަހު އަޅުގަނޑުމެން މިދަނި މި އަހަރުވެސް އެ ލަނޑުދަނޑިއަށް މަސައްކަތް ކުރަމުން" ޑރ އާސިޔަތު ވިދާޅުވިއެވެ.
advertisment
3 Responses
😮😮
ވަރަށް ރަނގަޅު، ބުނެ ލާންއޮތީ، ކިޔަވައިގެން ތިބި މީހުން ޕުރިންސިޕަލުންނަ ތިބީމަ އޭ ތި ކަހަލަ ނަތީޖާއެއް ފެންނަ ނީ.
ވަރަށް ރަނގަޅު، ބުނެ ލާންއޮތީ، ކިޔަވައިގެން ތިބި މީހުން ޕުރިންސިޕަލުންނަ ތިބީމަ އޭ ތި ކަހަލަ ނަތީޖާއެއް ފެންނަ ނީ.