ތާޖުއްދީން ސްކޫލަށް ފުޓްބޯޅަ ކޯޗެއް ހޯދަން އިއުލާންކޮށްފިއެވެ.
އެ ސްކޫލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ފުޓްބޯޅަ ކޯޗެއް ހޯދަނީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އެ ސްކޫލުން ބައިވެރިކުރާ ތޭރަ އަހަރުން ދަށާއި 15 އަހަރުން ދަށުގެ ޓީމަށް ކޯޗްކޮށްދިނުމަށެވެ.
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް އަންނަ މަހުގެ މެދުތެރޭގައި ބޭއްވުމަށް ފުޓްބޯޅަ އެސޯސީއޭޝަނުން ނިންމައި އެކަން ވަނީ އިއުލާންކޮށްފައެވެ.
ކޯޗަކަށް ވާން އެދޭ ފަރާތްތަކުން މަސައްކަތުގެ ތަޖުރިބާ ހުރި ލިޔުމެއް 27 ޖެނުއަރީގެ ކުރިން ހުށަހަޅަން ޖެހެއެވެ.
advertisment
ހިޔާލު