ފޮތް ކިޔުމަށް ދަރިވަރުން ޝައުގުވެރިކުރުވުމަށް، ބަނޑިދޫ ސްކޫލްގެ ދަރިވަރުން ކޭމްޕް ޖެހީ އެރަށު ގޮނޑުދަށުގައެވެ.
އިންގްލިޝް ކުލަބުގެ ފަރާތުން ކުރިއަށް ގެންދިޔަ " ރީޑިންގ ކޭމްޕް"ގެ ބޭނުމަކީ ފޮތް ކިޔަން އާދަކުރުމަށް، ތަފާތު މާހައުލެއްގައި ދަރިވަރުންނަށް ފޮތް ކިޔާނެ ފުރުޞަތުތަކެއް ހޯދައިދިނުމެވެ. މި ކޭމްޕްގައި އެކުދިން ތިބީ ގޮނޑުދޮށާ ކައިރީގައި ހުރި ގަސްތަކެއްގެ ހިޔަލުގައި ކުނާއަޅައިގެންނެވެ.
ބަނޑިދޫ ސްކޫލުން މައުލޫމާތު ގޮތުގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ދެ ބަޔަކަށް ބަހާލައިގެންނެނެވެ. ފުރަތަމަ ބައިގައި ގެންދިޔައީ ގްރޭޑް ހަޔަކުން ދަށުގެ ގްރޭޑް ތަކުގެ ދަރިވަރުންނެވެ. ދެން ގެންދިޔައީ ގްރޭޑް ހަތަކުން މަތީ ގްރޭޑް ތަކުގެ ދަރިވަރުންނެވެ.
އެ ސްކޫލްގެ ޕްރިންސިޕަ އާދަމް ސައީދު ވިދާޅުވީ މި ހަރަކާތާމެދު ދަރިވަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
" ކުދިން ތިބީ ވަރަށް ހިތްހަމަޖެހިފައި. ތަފާތު މާހައުލެއްގައި ވަގުތު ހޭދަކޮށް ފޮތް ކިޔަން ފުރުޞަތު ލިބުމުން" ސައީދު ވިދާޅުވިއެވެ.
ބަނޑިދޫ ސްކޫލްގައި ޕްރީސްކޫލް އުމުރުން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދެއެވެ. މިހާރު އެ ސްކޫލްގައި 170ދަރިވަރުން ކިޔަވަމުންދެއެވެ.
ރީޑިންގ ކޭމްޕްގައި ދަރިވަރުންގެ އިތުރުން މުދައްރިސުންނާއި ބެލެނިވެރިންވެސް ބައިވެރިވިއެވެ.
advertisment
5 Responses
ދެން އާދަމް ސައީދު ދޭ ބޮލި ހިލަން
އިތުރަށް ތިޔަމަސައްކަތް ފުރިހަމަ ކިރުމަށް އެއްބާރުލުން ފިނުމުގެ ގޮތުން ތިޔަ ސްކޫލުގެ ލައިބުރަރީ އަށް ދިވެހި ވާހަކަފޮތް ހަދިޔާ ކުރަން ބޭނުން. 7763948
ވަރަށް ރަނގަޅު ކަމެއް ކަމަށް ފެނޭ.. ވަރަށް ހިއްވަރު ދެން ..ކުރިޔަށް ގެންދަވާ ސާބިތުވެ ތިއްބަވާ!!!
ތިޔަތާކަށް ގެންގޮސްގެން ވެސް ކިޔަވައި ދިނިއްޔާ ރަނގަޅު. ތިޔަ ތުއްތު ކުދިންގެ އަބުރު ގެއްލުވާނުލާ.. އަނބިމީހާ އާ ފިރިމީހާއާ ދެމީހުން ދޭތެރޭގަ ޖެހޭމައްސަލަ ދަރިވަރުނަނަށް ނުބާލާ..😡 ތިޔަ ސުކޫލެކޭ ޓީޗަރުން ނާޗަރަންގީ ކުޅޭ ތަނެކޭ އެއްފަދަ ވިއްޔަ😠
ތިޔަރަށުގަ އުޅޭނެ އަންހެން ކުދިން ރީތި ޓީޗަރެއް. ދެކުދިންނާ އަންބަކާ ހުންނައިރު ވެސް ދަރިވަރުގެ ތަންތަން ހުވަފެނުން ވެސް ފެންނަނީ..