އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ސްކޫލްތަކަށް، ފުޓްބޯޅަ އެސޯސީއޭޝަން އޮފް މޯލްޑިވްސް (އެމްއޭއެމް) އިން ހުޅުވާލައިފިއެވެ.

އެފްއޭއިން ބުނީ ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް އިންޓަރސްކޫލް މުބާރާތް ގެންދާނީ ތިން އުމުރު ފުރައަކަށް ބަހާލައިގެންނެވެ. ފިރިހެން ކުދިންނަށް ތިން އުމުރުފުރައެއް ބާއްވާއިރު، އަންހެން ކުދިންނަށް މުބާރާތް ކުރިއށް ގެންދާނީ ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެފްއޭއެމް ބުނީ މި މުބާރާތް ބާއްވާން ނިންމާފައި ވަނީ ސްކޫލް މަދަރުސާތަކަށާއި ކޮލެޖް ފެންވަރުގެ ތަންތަނަށެވެ. މި މުބާރާތް ކުރިއަށް ގެންދަން ތާވަލު ކޮށްފައި ވަނީ އަންނަ ފެބުރުއަރީ މަހުގެ 20 ދުވަހު ފަށާގޮތަށެވެ.

ފިރިހެން ކުދިންނަށް ބައިވެރިވާން ހުޅުވާލާފައިވާ އުމުރުފުރާތަކަކީ:
1-ތޭރައަހަރުން ދަށް (ހަމައެކަނި 2007 އަދި 2008 ގައި އުފަންވެފައިވާ ކުދިންނަށް)
2-ފަނަރަ އަހަރުން ދަށް (ހަމައެކަނި 2005 އަދި 2006 ގައި އުފަންވެފައިވާ ކުދިންނަށް)
3ސަތާރަ އަހަރުން ދަށް (ހަމައެކަނި 2003 އަދި 2004 ގައި އުފަންވެފައިވާ ކުދިންނަށް)

އަންހެން ކުދިންނަށް ބައިވެރިވާން ހުޅުވާލާފައިވާ އުމުރުފުރާތަކަކީ:
1-ތޭރައަހަރުން ދަށް (ހަމައެކަނި 2007 އަދި 2008 ގައި އުފަންވެފައިވާ ކުދިންނަށް)
2-ތޭރައަހަރުން ދަށް (ހަމައެކަނި 2007 އަދި 2008 ގައި އުފަންވެފައިވާ ކުދިންނަށް)

އެފްއޭއެމުން ބުނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ސްކޫލްތަކާއި ކޮލެޖުތަކުން އަންނަ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހުގެ 14:30ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *