މާނަހުރި ގޮތެއްގައި އުނގެނުން

ނިއުމާ މުޙަައްމަދު

މާނަހުރިގޮތެއްގައި އުނގަންނައިދިނުމަކީ އުނގެނުމާއި އުނގަންނައިދިނުން ކުރިޔަށްގެންދަން ޤައުމީ މަންހަޖުގައި ބާރު އަޅާ އެއްގޮތެވެ. މިގޮތުން އުނގަންނައިދޭ ކޮންމެ އެއްޗަކީ ދަރިވަރުންނާ ގުޅުންހުރިއެއްޗަކަށް ވާން ޖެހެއެވެ. އުންގަންނައިދޭ އެއްޗަކީ ދަރިވަރުންނަށް ފައިދާހުރި އެއްޗެއްކަމުގައި ވާންޖެހޭނެއެވެ. މިސާލަކަށް، ދަރިވަރުންނަށް އެންމެ ފަސޭހަކަމާއެކު ދެނެގެނެވޭނީ އެ އުނގަންނައިދޭ އެއްޗަކީ ދަރިވަރުންނާ ގުޅުންހުރި އެއްޗަކަށްވެ އެއީދިރިއުޅުމަށް ބޭނުންވާ އެއްޗެއްކަމުގެ އިޙްސާސް ކުރެވިގެންނެވެ.

މިގޮތުން މިވަނީ "ޕޭޕަރ އެންޑް ޕެންސިލް" ފަދަ އެސެސްމަންޓްގެ ބަދަލުގައި ފޯރމަޓެިވް އެސެސްމަންޓް ތަންފީޒު ކޮށްފައެވެ. އުސޫލެއްގެ ގޮތުން ފައުންޑޭޝަން ސްޓޭޖްއިން ފެށިގެން ގްރޭޑް 6 އަށް ރަސްމީކޮށް ނަގާ ޔުނިޓް ޓެސްޓްތައް ނޯންނާނެއެވެ. ކުރިއަށް ދާނީ އެސެސްމަންޓް ފޯ ލާރނިންގއެވެ. އެއީ އުނގެނުމުގެ ތެރޭގައި ކުރިއަށްދާ އެސެސްމަންޓެކެވެ. މިގުރޭޑުތަކުގައި ބޮޑަށް ފޯކަސް ކުރާނީ ދަރިވަރުންގެ ޖުމުލަ ތަރައްޤީ އަށާއި ލިޓަރަސީ ނިއުމަރަސީ ކުރިއަރުވާށެވެ.

ލިޓަރަސީ ނިއުމަރަސީ ކުރިއެރުވުމުގެ ބަދަލުގައި މާއްދާގެ ކުއިޒް ފަދަ އެއްޗެހި ހިތު ދަސްކުރުވައިގެން މުބާރަތް ބޭއްވުން މި ހިމެނެނީ "ރޯޓް ލާރނިންގެ" ތެރޭގައެވެ. އެއީ މާނަހުރި ގޮތެއްގައި އުނގެނުމުގެ އިދިކޮޅެވެ. މިފަދަ ގޮތަކަށް ދަސްކުރާ މައުލޫމާތު ހަނދާނުގައި ހަރުލާނީ ވަރަށް މަދު ވަގުތު ކޮޅަކަށެވެ (ޝޯރޓް ޓާރމް މެމޮރީ). އަދި މިކަހަލަ ގޮތަކަށް މައުލޫމާތު ދަސްކޮށްދޭން އުޅުމުން ކުދިންނަށް މި ދަސްކުރެވެނީ ކޯއްޗެއްކަން ނޭގި ދަސްކުރެވޭތަން އާދެއެވެ. ނަމަވެސް ކުއިޒަކީ އުނގަންދިނުމުގެ ތެރޭގައި ކުލާހުގެ ތަފާތު ހަރކާތްތަކުގެ ތެރޭގައި (ލެސަން ޕްލޭންގައި ހިމަނައިގެން) މަޖާކޮށް ގެންދެވިދާނެ ހަރަކާތެކެވެ. މުބާރަތް ގޮތަށް ކުރިއަށް ގެންދިއުމުން ދަރިވަރުންނާއި ދަރިވަރުންނާއި އަޅާކިޔެއެވެ. މިއީ އެސެސްމަންޓް ފޯ ލާރނިންގއެއް ނޫނެވެ.

އެސެސްމަންޓް ފޯ ލާރނިންގގައި އުންގެނުން ކުރިއަށްދާނީ ދަރިވަރުންގެ ތަފާތު ދެނެގަނެންނެވެ. އެކި ދަރިވަރުންގެ އުނގެނުމުގެ ފެންވަރާއި އުނގެނޭގޮތްތަކާއި ޝަޚުޞިއްޔަތާއި ޝައުޤުވެރިކަމާއި ޝައުޤުވެރިވާ މިންވަރު ތަފާތުވާނެއެވެ(ޤައުމީ މަންހަޖު). ވިސްނަންވީ ކުލާހުގައި "އިންކުލޫސިްވް ލާރނާރސް" އުޅޭނެ ކަމެވެ. މިފަދަ ދަރިވަރުންނަށް މިބާވަތުގެ މަސައްކަތް ހަވާލުކުރުމުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖަޒްބާތީ ކަންތައްތަކަށް އަސަރު ކުރެއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން މަންހަޖުގައިވާ ވަރަށް ގިނަ މުހިންމު ކަންތައްތައް ނުކުރެވި މުދައްރިސުންގެ ވަގުތުތައް ހޭދަ ކުރެވެނީ އޭނަގެ ކުލާސް މުބާރާތުން 1 ވަނަ ހޯދުމުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *