އިހަންވަންދޫ ސްކޫލްގެ ދަރިވަރުންނަށް ޅެން ހަދަން ދަސްކޮށްދިނުމަށް ޚާއްޞަ ކުލާސްތަކެއް އެ ސްކޫލުން އިފްތިތާހު ކުރައްވައިފިއެވެ.
އެ ސްކޫލުން ވިދާޅުވީ " މަވެސް ޅެން ހަދާނަން" މި ޝިޔާރުގެ ދަށުން ޅެން ހަދަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ކުލާހުގައި މިހާރު 96 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
މިއަދު ފަށާ މި ކުލާހުގައި ބައިވެރިވާ ދަރިވަރުންނަށް ދިވެހިބަހުގެ އެކެޑަމީން ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
އެ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި މި ކުލާސް ކުރިއަށް ގެންދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ގްރޭޑް 7ން 9ށް ގެންދާނީ ޅެން ހަދަން ދަސްކޮށްދިނުމެވެ. ގްރޭށް4ން 6ށް ގެ ދަރިވަރުންނަށް ބަނދި ހަދަން ދަސްކޮށްދޭނެއެވެ.
މި ކުލާސްތަކުގައި ކިޔަވައިދޭނީ އެ ސްކޫލްގެ ދިވެހި މުދައްރިސުންނެވެ. އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަކީ އަދަނީ ބައެއް މުބާރާތުގައި އިންޓަރސްކޫލް ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސްކޫލެކެވެ.
advertisment
ހިޔާލު