ފުވައްމުލަކުގައި ހުންނަ ޖާފިޒު އަހުމަދު ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާން ކޮށްފިއެވެ.
ސަރުކާރުގެ ގެޒްގައި ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. މެއިލްގެ ޒަރީއާއިންވެސް ލިޔެކިޔުންތައް ބަލައިގަންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ޕްރިންސިޕަލްކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ގާބިލް މީހަކު ހޮވުމުގައި ބަލާނީ ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެންނެވެ.
advertisment
ހިޔާލު