އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި

މިިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކުރި އިއުލާނުގައި ބުނެފައި ވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެ ނޫން ކޮންމެ ދުވަހަކު ނަތީޖާ ދޫކުރަމުން ގެންދާނެ ކަމަށެވެ.

އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީކާޑު ގެންދިއުމުންނެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ، ދަރިވަރުގެ އައިޑީކާޑާ ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަންޖެހެ އެވެ. ނަތީޖާގައި މައްސަލައެއް އުޅޭ ނަމަ އެކަން ޑީޕީއީ އަށް އަންގަންޖެހެ އެވެ.
މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު 194 ސްކޫލެއްަގައި ބާއްވާފައިވާއިރު، 7000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *