މަތީ ސާނަވީއަށް ކިޔަވައިދެމުން އަންނަ ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރަން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިކަން ކަށަވަރުކޮށް ނުދެއްވައެވެ.
އެކަމަކު އެ ސްކޫލްގެ އާ އިމާރާތުގެ މަސްކަތް ކުރަމުން ގެންދާ އާރުސީސީއަށް، ވަނީ އެ އިމާރާތުގެ މަސައްކަތް މަޑުޖައްސާލަން އަންގާފައެވެ. އެކަން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިއަކު ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އާރުސީސީއަށް އެ މަސައްކަތް ހަވާކުކޮށްފައި ވަނީ އަށް ބުރީގެ އިމާރާތެއް އެޅުމަށް 33 މިލިއަން ރުފިޔާއަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސީއެޗްއެސްއީގެ އާ އިމާރާތް އަޅާނީ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައެވެ.
ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ސީއެޗްއެސްއީގައި ދެ ދަންފަޅިއަށް ކިޔަވައި ދެމުން ގެންދެއެވެ.
ހުސްވި އަހަރު އެ ސްކޫލްގައި 1500 އެންހާ ކުދިން ކިޔަވަމުން ގެންދިޔައެވެ.
advertisment
ހިޔާލު