ވެކްސިން ދަހާފައިވާ ކުދިންގެ މައުލޫމާތު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގައި އެދިފައި ވަނީ އެމްއެމްއާރު ނުވަތަ މީސްލްސް ވެކްސިން ދީފައިވާ ކުދިންނާއި ނުދީ ތިބި ކުދިންގެ މައުލޫމާތު ހޯދުމަށެވެ. ސްކޫލްތަކުން ވަނީ މި މައުލޫމާތު ހޯދަން ކުދިންގެ ވެކްސިން ކާޑުގެ ކޮޕީއެއް ކުލާސް ޓީޗަރަށް، އަންނަ ހޯމަ ދުވަހުގެ ކުރިން ހަވާލުކުރަން ބެލެނިވެރިންނަށް އަންގާފައެވެ.
ވެކްސިން ޖަހާފައިވާ ކުދިންނާއި ނުޖަހާ ކުދިން ދެނެގަންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ހުސްވި ހަފްތާގައި ހިމަބިހި ރާއްޖެއިން ފެނުމާ ގުޅިގެންނެވެ. މިއީ މީގެ ދެ އަހަރު ކުރިން ރާއްޖެއިން ނައްތާލާފައިވާ ބައެއްޔެކެވެ.
ހިމަބިހި ފެނުމާގުޅިގެން ވެކްސިން ދިނުމުގެ ޕޮރޮގްރާމެއް މިހާރު ވަނީ ފަށާފައެވެ.
ބައެއް ސްކޫލްތަކަށް ވެކްސިން ނުދީ ކުދިން ވައްދާކަމުގެ ޝަކުވާތަލެއް ލިބުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ދަނީ އެއީ ހިނގާފައިވާ ކަމެއްތޯ ބައްލަވަމުންނެވެ.
advertisment
ހިޔާލު