ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ގާފަރު ސްކޫލްފައި ޒަމާނީ ސެން ކުލާހެއް ހުޅުވައިފިއެވެ. ދިރާސީ އާ އަހަރާއެކު މި ކުލާހުގައި ވަނީ ކިޔަވައިދޭން ފަށާފައެވެ.
މި ކުލާހަށް ބޭނުންވާ ވަޞީލަތްތައް ހޯދަން ގާފަރުގައި މަސައްކަތް ކުރާ އަބޫބަކުރު އަލީ ފައުންޑޭޝަނަށް އެހީ ފޯރުކޮށް ދިނީ ދިވެހި ބޭންކުން ކުރިއަށް ގެންދާ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ންނެވެ.

ގާފަރު ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ޚަލީލު ދަރިވަރު ނޫހަށް ވިދާޅުވީ އެ ސްކޫލްގެ "ރަތްމުތް" ކުލާހުގައި ހަތް ކުއްޖަކު ކިޔަވަމުން ދާ ކަމަށާއި، ޒަމާނީ ވަޞީލަތްތައް ލިބިގެން ދިއުމުން އެ ކުލާހުގައި ކިޔަވަމުންދާ ކުދިންނަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށެވެ.
ކުރިން ކުޑަ ތަންކޮޅެއްގައި އެކުދިންނަށް ކިޔަވައިދިން ނަމަވެސް މިހާރު ވަނީ ޖާގަ ބޮޑު ތަނަކަށް ކުލާސް ބަދަލުކޮށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ގާއިމް ކޮށްފައެވެ.
ރަށުގައި ތިބެގެން އެފަދަ ކުދިންނަށް ދެވޭނެ މާބޮޑު އެހީތެރިކަމެއް ނޯންނާތީ އަޅުގަނޑުން އެފަދަ ކުލާހެއް ތަރައްގީ ކުރަން މަސައްކަތް ފެށީ. މާލޭގެ ބައެއް ސްކޫލްތަކަށް ގޮސް މައުލޫމާތާއި އެމީހުން ގެންގުޅޭ ވަޞީލަތައްތައް ބެލިން. އަދި އިންޓަރނެޓުން ދިރާސާކޮށް، ކެއަރސޮސައިޓީގެ ލަފައާއެކު އަޅުގަނޑުމެން މަސައްކަތް ކުރީ" އަބޫބަކުރު އަލީ ފައުންޑޭޝަންގެ ނާއިބްރައީސް މަރިޔަމް ނިޝާ ވިދާޅުވިއެވެ. " ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާނެ ތެރަޕީވެސް ލިބޭ ގޮތަށް އަޅުގަނޑުމެން ކުލާސް ތަރައްގީ ކުރީ"
ޚަލީލު ވިދާޅުވީ އެ ސްކޫލްގެ " ރަތްމުތް" ކުލާހުގައި މިވަގުތު ކިޔަވުމުން ގެންދަނީ ހަތް ކުއްޖެކެވެ. މީގެތެރޭގައި އޯޓިޒަމް ދެ ކުދިންނާއި ހިނގާބިގާވެ ނޫޅެވޭ ކުއްޖަކުވެސް ހިމެނެއެވެ. މި ކުދިންނަށް ކިޔަވައި ދިނުމަށް ތަޖުރިބާ ހުރި އެއް މުދައްރިސަކާއި ވަގުތީ ޓީޗަރަކު ދަނީ މަސައްކަތް ކުރަމުންނެވެ.
advertisment
ހިޔާލު