މިއަދު ފެށި ދިރާސީ އާ އަހަރުގެ ކިޔެވުން ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުން ފެށީ ފަތިސްނަމާދުންނެވެ. އެ ސްކޫލުގެ ގޯތިތެރޭގައި ވަނީ ދަރިވަރުންނާއި މުދައްރިސުން ބޮޑު ޖަމާއަތެއްގައި ފަތިސްނަމާދު ކޮށްފައެވެ.
އެ ސްކޫލުން ބުނީ މިގޮތަށް ދިރާސީ އާ އަހަރު ފެށީ " މިއީ ފަތިސްނަމާދުން ދުވަސް ފެށުމަށް ކުދިންނަށް ބާރުއެޅުމުގެ ގޮތުންނެވެ.
ދިރާސީ އާ އަހަރު ފަށާއިރު، ރައްޖޭގެ ހުރިހާ ސްކޫލެއްގައި ދަނީ ކިޔެވުން ފެށުން ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. ބައެއް ސްކޫލްތަކުގެ އެސެމްބްލީތަކުގައި ސަރުކާރުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
advertisment
ހިޔާލު