މާދަމާ ކިޔަވަން ފަށާއިރު، ބައެއް ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމެއް ނުލިބޭ

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފަށާނެއެވެ. ސްކޫލްތަކުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ބެލެނިވެރިން ތިބީ ރުޅިގަދަވެފައެވެ. ބައެއް ސްކޫލްތަކުގެ ޔުނީފޯމްގެ ސައިޒް ނުލިބިގެންނެވެ.

ސްކޫލްތަކުގެ ޔުނީފޯމް ވިއްކަން ކޮންމެ ސްކޫލަކުންވެސް ހަވާލުކުރަނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހޮވޭ ފަރާތަކަށެވެ. އެހެން ނަމަވެސް ޔުނީފޯމްގެ މައްސަލައަކީ ހައްލު ނުވެ ދިގުދިމިގެންދާ ހައްލެއް ފެންނަން ނެތް މައްސަލައެކެވެ.

މި ވޭތުވެދިޔަ ދެ އަހަރު އެންމެ ހާލުގައި އުޅެން ޖެހުނީ އަމީނިއްޔާ ސްކޫލްގެ ބެލެނިވެރިންނެވެ. އަމީނިއްޔާ ސްކޫލްގެ ޔުނީފޯމް ވިއްކަން ހަވާލުކޮށްފައި ވަނީ އެޗްއެމްއެފް މޯލްޑިވްސްއާއެވެ. އެ ކުންފުނިން ދަނީ އަރަބިއްޔާ ސްކޫލް،އިސްކަންދަރު ސްކޫލް ، ޖަމާލުއްދީން ސްކޫލް ، ސީއެޗްއެސްއީ، އަމީނިއްޔާ، އަދި އެމްއެންޔޫގެ އެކްޓިވިޓީ ޔުނީފޯމް ވިއްކަމުންނެވެ.
މިއަހަރު އެންމެ ފަހުން ވިއްކަންފެށި ޔުނީފޯމަކީވެސް އަމީނިއްޔާ ސްކޫލްގެ ޔުނީފޯމެވެ. އެ ޔުނީފޯމް ވިއްކަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހަށްފަހު ޔުނީފޯމް ގަންނަން އޮތް ކިޔު ކުރެއްނުވެއެވެ. ޔުނީފޯމް ވިއްކަން ފެށިތާ ދެ ދުވަސްވިރު، އަތްކުރު އެކްޓިވިޓީ ޔުނީފޯމްގެ ބެއެއް ސައިޒްތަކެއް ލިބޭކަށްނެތެވެ. ސައިޒް ލިބެން ނެތް ޔުނީފޯމްތަކު ތެރޭގައި ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލް ހިމެނެއެވެ.

" ސްކޫލް ބަންދުވާން ހަފްތާއަކަށްވިއިރުވެސް އެކްޓިވީޓީ ޔުނީފޯމެއް ލިބޭކަށް ނެތް. ދެން ބުނީ ޑިސެމްބަރު 15ގައި ލިބޭނެއޭ. އެދުވަހު އައީމާ ބުނީ ޖެނުއަރީ 9 ގައޭ. މިހާރު މި ބުނަނީ ސައިޒް ލިބޭކަށް ނެތޭ. ކިހިނެއް މާދަމާ ސްކޫލަށް ދަރިން ފޮނުވާނީ" އަމީނިއްޔާ ސްކޫލްގެ ބެލެނިވެރިއަކު ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.
އެހެން ބެލެނިވެރިއަކު ބުނީ ޔުނީފޯމްތަކަށް ކޮންމެ އަހަރަކުވެސް މިދަނީ ބޮލުގެ ރިހުމަކަށެވެ. ފަސޭހައިން ޔުނީފޯމް ލިބޭނެ އިމްތިޒާމެއް ސްކޫލްތަކުން ހަމަޖއްސައިދޭން ޖެހެއެވެ.

" ކުރިން މިކަމާ ނޫޅެވިގެންނޫން މިހެން މިދިމާވީ. ޔުނީފޯމް ލިބެން ނެތިގެން" އެހެން ބެލެނިވެރިއަކު ބުންޏެވެ.

މާދަމާ ހުރިހާ ސްކޫލެއް ހުޅުވާއިރު، ސަރުކާރުގެ 212 ސްކޫލެއަގައި 73000ށްވުރެ ގިނަ ދަރިވަރުން ކިޔަވާނެއެވެ.

ހިޔާލު

2 Responses

  1. ޢާޒީ ސުކޫލު ޔުނިފޯރމުވެސް ތިޔަތަނުން ފަހަނީ. އަބަދުވެސް މާދަން މާދަން. ސުކޫލު ނުލިބެ އިރުވެސް ނުލިބުނު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *