ހދ. އަތޮޅު ތައުލީމީ މަރުކަޒަށް ބަދަލުވާ ޓީޗަރުން ކަނޑައެޅުން އެންމެ ފަހުން ގުރުއަތުލުމަކަށް

ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އަންނަ އަހަރުން ފެށިގެން ގްރޭޑް 9 އުފައްދައި، ގްރޭޑް 10 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެއްސުމަށް އެޑިޔުކޭޝަން މިނިސްޓްރީންވަނީ ނިންމާފައެވެ. އަދި އަންނަ އަހަރުން ފެށިގެން ގްރޭޑް 1 އިން 12 އަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ޖަލާލުއްދީން ސްކޫލް ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ.

މިބަދަލުތަކާއެކު މިދެސްކޫލުގައި ކިޔަވައިދޭ ބައެއް ޓީޗަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވެއެވެ. އެގޮތުން ހދ. އޭ.އީ.ސީ އިން ޖަލާލުއްދީން ސްކޫލަށް ބަދަލުވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައެޅި ޓީޗަރުން ބަދަލުވުމަށް ނިންމާފައިވާ ކަމުގެ މަޢްލޫމާތު ލިބިފައިވެއެވެ.
އެހެން ނަމަވެސް، ޖަލާލުއްދީން ސްކޫލުން، ހދ. އޭ.އީ.ސީ އަށް ބަދަލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައެޅި ޓީޗަރުންގެ ތެރެއިން ބައެއް ޓީޗަރުން ބަދަލުވުމަށް އިންކާރު ކޮށްފައިވާކަމަށް މަޢްލޫމާތު އެނގޭ މީހަކުވަނީ މިނޫހަށް މަޢްލޫމާތު ދީފައެވެ.

މައްސަލަ މިހެން އޮއްވައި، އެޑިޔުކޭޝަން މިނިސްޓްރީން އަންގަވައިގެން މިހާރު ޓީޗަރުން ބަދަލު ކުރުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ޓީޗަރުންގެ މެދުގައި ގުރުއަތުލުމަކަށް ދިޔުމަށްވަނީ ނިންމާފައެވެ. ގުރުއަތުލުމަށް ބޭއްވި މީޓީންގައި އެއްވެސް ޓީޗަރަކު ގުރުއަތުލުމުގައި ބައިވެރިއެއް ނުވާކަމަށް މަޢްލޫމާތު ލިބެއެވެ. ގުރުއަތުލުމުގައި ޓީޗަރުން ބައިވެރިނުވި މައިގަނޑު ސަބަބެއް ކަމަށްވަނީ، ދާއިރާގެ އެއްބައި ޓީޗަރުންގެ މެދުގައި ގުރުއަތުލުން ބާއްވާތީކަމަށްވަނީ މަޢްލޫމާތު ލިބިފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މަޢްލޫމާތު ދެއްވި ގޮތުގައި، ޓީޗަރުން ބަދަލުކުރުމުގައި އެ މިނިސްޓްރީން އަމަލުކުރަމުން އަންނަނީ ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ސިވިލް ސަރވިސް ކޮމިޝަނާއި މަޝްވަރާ ކޮށްގެން ކަމަށެވެ. އަދި ޓީޗަރުން ބަދަލުކުރުމަށް ނިންމާފައިވާ ދާއިރާތަކުގައި 1 ޓީޗަރަކަށްވުރެ ގިނަ ޓީޗަރުން ހިމެނޭކަމުގައިވާނަމަ، އެ ހުރިހާ ޓީޗަރުންގެ މެދުގައި ގުރުއަތުލުމަކަށް ދިޔުމަށްވެސް ނިންމާފައިވާ ކަމުގައި ދެންނެވިއެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *