ރާއްޖެއަށް ބޭނުންވާ ބިދޭސީ މުދައްރިސުން ހޯދަން އިންޑިޔާ ކުންފުންޏަކަށް

ސަރުކާރު ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދަން އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކޮށް އެއަށް އަމަލުކުރަން ފަށާފައި ވަނީ މި މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މުދައްރިސުން ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިޔާގެ އެމްޕޮލޮއިމަންޓް އެޖެންސީއެއް ކަމުގައިވާ ގްލޯބަލް ޕްލޭސްމަންޓްސްއާ އެވެ. އެ އެޖެންސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަންނަ އަހަރުގެ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަންނަ އަހަރު ރާއްޖެއަށް 200ށްވުރެ ގިނަ ބިދޭސީ މުދައްރިސުން ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

އިންޑިޔާގެ ކުންފުންޏަކަށް މުދައްރިސުން ހޯދުމުގެ މަސައްކަތް ހަވާލު ކުރީ، މުދައްރިސުން ހޯދަން އެ ގައުމަށް ގޮސް ގިނަބަޔަކާ މިނިސްޓްރީ އޮފް އެޑިއުކޭޝަން މިނިސްޓްރީން އިންޓަވައިއުވެސް ކުރި ފަހުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *