ބޮޑުޗުއްޓީއަށް ބަދަލުގެނެސް، ދެ ބަޔަކަށް ބަހާލަން ނިންމައިފި

ސްކޫލް ބޮޑު ޗުއްޓީއަށް ބަދަލުގެނެސް، ދެ ބަޔަކަށް ބަހާލަން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ބޮޑުޗުއްޓީއަކީ ޑިސެމްބަރު މަހާއި ޖެނުއަރީމަސް ކަމަށް ވުމުން، ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބުމުގައި ގިނަ ފަހަރަށް ދަތިތަކާ ކުރިމަތިވާކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ އާއިލާތަކަށް ޗުއްޓީ ފަހިކޮށް ދިނުމުގެ ގޮތުން ބޮޑުޗުއްޓީއަށް ބަދަލުގެންނަން ނިންމީއެވެ. މިގޮތުން ދިރާސީ އަހަރު ނިންމާ މިހާރު ދޭ ބޮޑުޗުއްޓީ ދެ ބަޔަކަށް ބަހާލަން ވަނީ ނިންމާފައެވެ. މި ގެނަވުނު ބަދަލާއެކު 2020 ވަނަ އަހަރުގެ އަހަރީ ޗުއްޓީގެ ފުރަތަމަބައި 31މެއި 2020ން 11 ޖޫން 2020ށް އަދި ދެވަނަ ބައި 6 ޑިސެމްބަރު 2020ން 7ޖަނަވަރީ 2021 ވަނަ ދިނުމަށް ވަނީ ނިންމާފައެވެ.
މި ބަދަލާއެކު އެހެން ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޗުއްޓީ ދިނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *