މާލޭގައި އަލަށް ހުޅުވާ އިއްޒުންދީން ސްކޫލްގެ ކުލައަކީ ދަނބެވެ. ޝިޔާރަކީ " ހައްގު ތެދު ހޯދާށެވެ" ކުރީގެ އެމްއީއެސްގެ އިމާރާތުގައި އަންނަ އަހަރު ފަށާ މި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމްގެ ފަރުމާ ނިންމައި، އެ ޔުނީފޯމް ތައްޔާރުކުރާނެ ފަރާތެއް ހޯދަން ވަނީ އިއުލާން ކޮށްފައެވެ.
އެ ސްކޫލްގެ އެކްޓިވީޓީ ޔުނީފޯމްގެ ބީލަން ހުށަހެޅުން އޮތީ އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
ބީލަން ފޮތުގައިވާ މައުލޫމާތުތަކަށް ބަލާއިރު، އަންނަ އަހަރު އެ ސްކޫލްގައި ކިޔަވަން ފަށާނީ 320 ކުދިންނެވެ.
އެ ސްކޫލަށް ކުދިން ވެއްދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އަންނަ އަހަރު ކިޔަވައިދޭނީ ގްރޭޑް އެކަކުން ހަޔަކަށެވެ. ކޮންމެ އަހަރަކު ގްރޭޑެއް އިތުރުކޮށް، އެއް ދަންފަޅިއަށް ގްރޭޑް ދިހައަކާ ހަމައަށް އެ ސްކޫލްގައި ކިޔަވައިދޭނެއެވެ.
advertisment
ހިޔާލު