ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. ކިޔެވުން ފެށުމުގެ ގޮތުން ހުރިހާ ސްކޫލެއްގައި ވަނީ ޚާއްޞަ އެސެމްބްލީއެއް ބާއްވާފައެވެ. ބައެއް ސްކޫލްތަކުގައި ކުރިއަށް ގެންދިޔަ އެސެމްބްލީގައި ސަރުކާރުގެ ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދަރިވަރުންނަށް މަރުޙަބާ ދެންނެވުމަށް ހުރިހާ ސްކޫލްތަކެއްގެ އިސްވެރިންނާއި މުދައްރިސުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދިރާސި އާ އަހަރު ފެށުނުއިރު، މިއަހަރު ސަރުކާރުގެ 212 ސްކޫލެއްގައި 83،000ށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެއެވެ.

ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު ވިދާޅުވީ ދިރާސީ އާ އަހަރު ފެށީ އެ ސްކޫލުން ކަނޑައެޅި ލަނޑުދަނޑިތައް ޙާޞީލްކުރުމަށެވެ.

" ތިން އަހަރަށް އަމާޒުކޮށް އެކްޝަން ޕްލޭނެއް ކަނޑަމިއަޅަނީ. އެ ޕްލޭންގެ ދަށުން ހުސްވި އަހަރަށް ކަނޑައެޅި ކަންތައް ޙާޞިލްވި މިންވަރު ދެނެގަނެ އެއަށް ބިނާކޮށް މި އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅީ" ބަޝީރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތާޖުއްދީން ސްކޫލްގެ އާބާދީ އެވްރެޖް ގޮތެއްގައި ހިފެހެއްޓިފައި ހުންނަނީ 1500އާއި 1600އާ ދެމެދުގައެވެ.

އެންމެ ގިނަ ކުދިން ކިޔަވަމުން ގެންދާ އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ މި އަހަރު އެ ސްކޫލްގައި 2400 ކުދިން ކިޔަވަމުން ގެންދެއެވެ. އަދި ކުރީ އަހަރަށްވުރެ ތިން ކުލާސް ވަނީ އިތުރުކޮށްފައެވެ.
" ކުރީ އަހަރަށްވުރެ މި އަހަރު އަޅުގަނޑުމެން ކުރާ އުއްމީދު ބޮޑު" ނާޒްލީން ވިދާޅުވިއެވެ.

އަހުމަދިއްޔާ ސްކޫލްގައި މިއަހަރު އޭލެވެލްއާ ހަމައަށް ކިޔަވައިދޭިއރު، އެ ސްކޫލްގެ އާބާދީ ވަނީ 2900ށް އިތުރުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *