ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ ބިލުގައި އެންމެ ބޮޑަށް އިސްކަންދީފައި އޮތް އެންމެ މުހިންމު ކަމަކީ މަދަރުސީ ނިޒާމުގެ ތެރެއިން މަސައްކަތްތެރިކަމުގެ ތައުލީމް ދިނުމަށް ލާޒިމް ކުރުމެވެ.
އެ ބިލުގެ ފަސްވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމަކީ، އުނގެނުމުގެ ހައްގުގެ ބައެއް ކަމުގައިވުމުގެ އިތުރުން މަސައްކަތްތެރިކަމުގެ ހައްގާވެސް ގުޅިފައިވާ ހައްގެއް ކައުގައި ވާތީ އުނގެނުމުގެ ހައްގު ފުރިހަމަ ގޮތުގައި ކަށަވަރު ކޮށްދެވޭނީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު މަދަރުސީ ތައުލީމުގެ ނިޒާމުގެ ތެރެއިން ލިބިދިނުމުގެ ހައްގު ތައުލީމުގެ ބިލުން ކަށަވަރުކޮށް ދެވިގެންނެވެ. އަދި ދިވެހިރާއްޖޭގެ ތައުލީމުގެ ނިޒާމު ބައްޓަންވެފައި އޮންނަންވާނީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމް ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިން ކަމަށް އެ މާއްދާގެ (ށ)ގައި ބުނެފައިވެއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު މުންތާޒު ހުށަހެޅުއްވި މި ބިލުގައި މަދަރުސީ ތައުލީމުގެ ނިޒާމުގައި ފަންނީ އަދި މަސައްކަތްތެރި ކަމުގެ ތައުލީމް ފޯރުކޮށް ދިނުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ކުދިންގެ ތަފާތު ގާބިލިއްޔަތު ތަކަށް ފުރުޞަތު ހޯދައިދިނުމާއި، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމުގެ ތެރެއިން މަސައްކަތްތެރިކަމާ ރައްޓެހި ދަރިވަރުން ބިނާކުރުމާއި، ގައުމުގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާރިރާތަކަށް ކުދިން އަހުލުވެރިކުރުވުމާއި، މަސައްކަތްތެރިކަމުގެ ދާއިރާއަކީ އަގުހުރި އަދި ގައުމަށް ފައިދާހުރި ދާއިރާއެއް ކަމުގައި ދުށުމުގެ ވިސްނުން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމެވެ.

މި ބިލުގައި ވަނީ އުނގެނުމުގެ ހައްގު ކަށަވަރު ކުރުމުގެ ގޮތުން ކަންތައްތަކެއް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމް ކޮށްފައެވެ. އެއީ ހުރިހާ ކުދިން ޝާމިލުވާނެ ގޮތެއްގެ މަތިން ޕްރީ ސްކޫލް ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމް ހިލޭ ފޯރުކޮށްދިނުމަށްޓަކައި އެކަށީގެންވާ ވަޞީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސާނަވީ ތައުލީމު ދިނުމަށްޓަކައި އެކަށީގެންވާ ނިޒާމެއް ތަރައްގީކުރުމާއި، ކޮންމެ ކުއްޖަކަށްމެ ތައުލީމު އުނގެނުމުގެ ފުރުޞަތު ލިބިދީ، ހިލޭ ތައުލީމު އުނގަންނައިދެވޭނެގޮތް ހަމަޖެއްސުމެވެ. އަދި ކުދިން ސްކޫލަށް ގަވާއިދުން ޙާޒިރުވުމަށް ބާރުއަޅައި، ތައުލީމު ފުރިހަމަނުކޮށް ސްކޫލުން ވަކިވާ ކުދިންގެ އަދަދު މަދުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.
މައިންބަފައިންނާއި ބެލެނިވެރިންގެ ޒިއްމާވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މަޖުބޫރު ތައުލީމު ލިބެންޖެހޭ އުމުރުގެ ކުދިން ސްކޫލަށް ވެއްދުމާއި ގަވާއިދުން ކުދިން ސްކޫލަށް ފޮނުވުމާއި ސްކޫލަށް ދާއިރު ކުއްޖާ ހުންނަނީ ރަނގަޅު ކާނާ ލިބި، ދުޅަހެޔޮ ޞިއްޙަތެއްގައި ކަމާއި، ހަމައަށް ނިދިލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތުން، ދަރިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ މައިންބަފައިންނާއި ބެލެނިވެރިޔާގެ ޒިއްމާއެކެވެ. އަދި ދަރިންގެ ކިޔެވުމާ ގުޅޭ ކަންކަމުގައި އެކުދިންގެ ޓީޗަރުންނާއި ސްކޫލަށް އެއްބާރުލުން ދިނުމާއި، ދަރިން ހީވާގި ކުދިންނަށް ހެދުމަށާއި މުޖްތަމަޢުގައި ޒިއްމާދާރު ބަޔަކަށް ވުމަށް ހިތްވަރުދީ، އެކަމަށް ބާރުއެޅުމާއި، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ، އަޚްލާގު ރަނގަޅު ދަރިންގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީވެސް މައިންބަފައިންނާއި ބެލެނިވެރިންގެ ޒިއްމާއެއް ކަމުގައި ކަނޑައަޅާފައިވެއެވެ.

ކިޔަވާ ކުދިންގެ ޒިއްމާގެ ތެރޭގައި ހިމަނާފައި ވަނީ ގަވާއިދުން ސްކޫލަށް ހާޒިރުވުން ހިމެނޭގޮތުން، ސްކޫލްތަކުގައި ގާއިމްކޮށްފައިވާ ތައުލީމީ ޕްރޮގްރާމްތަކުގައި ފުރިހަމައަށް ބައިވެރިވެ، ކިޔެވުމުގެ ފުރުޞަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ފަރުވާތެރިކަމާއެކު ކިޔެވުމަށް މަސައްކަތް ކުރުމާއި، ސްކޫލްގެ ގަވާއިދުތަކަށް އިޙްތިރާމްކޮށް. އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޚްލާގާއި ސްލޫކު ހިފެހެއްޓުމެވެ. އަދި ޓީޗަރުންނާއި ސްކޫލްގެ އެހެނިހެން މުވައްޒަފުންނާއި އެހެން ކިޔަވާ ކުދިންނަށާއި މުޖްތަމައުގެ ފަރުދުންނަށް އިޙްތިރާމް ކުރުމާއި، ޓީޗަރެއް ނުވަތަ ސްކޫލްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނައިރު، އެކުއްޖާގެ އަމުލުތައް ހުންނަ ގޮތާ ގުޅޭގޮތުން ސްކޫލްގެ ސްޓާފުންނަށް ނުވަތަ ޓީޗަރަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ޓީޗަރުންގެ ޒިއްމާގެ ގޮތުގައި މި ބިލުގައި ބުނެފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކިޔަވާ ކުދިންނަށް އުނގެނުމަށް ހިތްވަރުދީ، އެކުދިންގެ ކިބައިން ނެރެން ބޭނުންވާ ނަތީޖާ ޙާޞިލް ކޮށްދިނުމަށްޓަކައި ކިޔެވުމުގެ ރޫޙް އާލާކުރެނިވި މާހައުލެއް އުފައްދައި ދެމެހެއްޓުމާއި، ކަނޑައެޅިފައިވާ ނަތީޖާތައް ކިޔަވާ ކުދިން ޙާޞިލްކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އަމިއްލަ ފެންވަރު މަތިކުރެވޭތޯ މަސައްކަތް ކުރަމުން ދިއުމާއި، ކަނޑައެޅިފައިވާ ނަތީޖާ ކިޔަވާ ކުދިން ޙާޞިލްކުރާ މިންވަރު ގަވާއިދުން މޮނިޓަރކޮށް، ކުއްޖާ ތަރައްގީވާ މިންވަރު ދެނެގަނެ، އެކުއްޖާގެ ކިޔެވުމުގެ ފެންވަރު ވަޒަންކޮށް، ގަވާއިދުން މުރާޖަޢާކުރަމުން ގެންދަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ކުއްޖާގެ ކިބައިގައި ދުޅަހެޔޮކަމަށް ކަމޭހިތުމުގެ އާދަ ގެންގުޅުމަށް ހިތްވަރު ދިނުމާއި އެހެން މީހުންގެ ގަދަރާއި ސިއްޙީ ދުޅަހެޔޮކަމަށް ކަމޭހިތުމުގެ އާދަ ހަރުލެއްވުމަށް ހިތްވަރުދިނުމަށް ބާރުއަޅާފައިވެއެވެ. ކުއްޖާ ތަރައްގީވަމުންދާ މިންވަރާއި ކުއްޖާގެ ކިޔެވުމުގެ ފެންވަރާއި ކުއްޖާއާ ގުޅޭ އެނޫންވެސް މައުލޫމާތު ބެލެނިވެރިންނާ ގަވާއިދުން ހިއްސާކުރުމަކީވެސް ޓީޗަރުގެ ޒިއްމާގެ ތެރޭގައި ބުނެފައިވެއެ
advertisment
ހިޔާލު