ފެބަރ ކާސްޓަލް: އިތުބާރު ލިބިފައިވާ އަބަދަށްފެހި ބުރޭންޑެއް

ފެބަރ ކާސްޓަލް ބުރޭންޑުގެ އުފެއްދުންތަކަކީ ސަމާސާއެއް ނޫނެވެ. އޭގެ ފެންވަރާމެދު ޝައްކެއްނެތެވެ. އޭގެ ބޭނުންތެރިކަމާ މެދު ސުވާލެއް ނުއުފެދެއެވެ. އޭގެ މުހިންމު ކަމާމެދު ދެބަސްވެވޭކަށް ވެސް ނެތެވެ. މިއީ ތޯތޯ ވާހަކަތަކެއް ނޫނެވެ.

ފެބަރ ކާސްޓަލް ބުރޭންޑް ދުނިޔެއަށް ވުޖޫދުވީ އިތުބާރާއި ޔަގީންކަމާއެކުގައެވެ. ދުނިޔޭގެ ހަތަރު ބިތަށް އެ ބުރޭންޑު ފެތުރިގަތީ އޭގެ މުހިންމުކަން އާންމުކޮށް އިއުލާން ކުރަމުން މީހުންގެ ހިތުން ޚާއްސަ ޖާގައެއް ކަށަވަރުކުރަމުންނެވެ.
ފެބަރ ކާސްޓަލް ބްރޭންޑުގެ ވާހަކަ އަދިވެސް ދައްކަންވީ ހެއްޔެވެ؟ 1761 ވަނަ އަހަރު ވުޖޫދުވި އެ ކުންފުންޏަކީ ސްޓޭޝަނަރީޒްގެ ދުނިޔޭގައި އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. އެކުންފުނި އުފަންވެފައިވަނީ ދުނިޔެއަށް މަޝްހޫރު ޖަރުމަނު ވިލާތަށެވެ. އެ ކުންފުނި އުފެއްދީ ނުވަތަ ބާނީއަކީ ޖަރުމަނުވިލާތުގެ އާޓިސްޓެއް ކަމަށްވާ ފާބަރއެވެ. މި ބުރޭންޑަށް ނަންދީފައިވަނީ އޭނާގެ ނަމުންނެވެ.

މި ކުންފުންޏަށް ދެ ގަރުނު ވެގެންދިޔައިއިރު "ރަސްކަން" ނުކުރާ ގައުމެއް ނެތޭ ބުނާހާ މަދެވެ. ދުނިޔޭގެ 100އަށް ވުރެ ގިނަ ގައުމުން މި ބުރޭންޑުވަނީ ޖާގަ ހޯދައިފައެވެ. މި ޚިދުމަތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި 14 ފެކްޓަރީ ހިންގައެވެ. އޭގެ 20 ސޭލްސް ޔުނިޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޚިދުމަތް ދެމުންނެވެ.
މި ބުރޭންޑްގެ ކުލަފަންސުރުގެ ވާހަކަތޯއެވެ؟ އެ އުފައްދަނީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ހައްދަމުންދާ ގަސްގަހުގެ ލަކުޑީންނެވެ. އެހެން ކަމުން އެކަމުގައި ވެސް ހާސްކަމެއް ނެތެވެ. ކުރިން ވަށްކޮށް ހަދަމުން އައި ފެބަރ ކާސްޓަލް ފަންސުރު ގެ ބައްޓަން މިހާރުވަނީ ތިނެސްކަނަށް ބަދަލުކޮށްފައެވެ. ފަސޭހައަކަށެވެ. ފަންސުރުގައި ހިފަހައްޓަން ފަސޭހައަކަށެވެ. މޭޒުމަތީން ކައްސާލިޔަ ނުދީ ހިފެހެއްޓުމަށެވެ.

އެތަނުން އުފައްދަނީ ކުލަފަންސުރު އެކަންޏެއް ނޫނެވެ. ލައްކަ ސާމާނު އެތަނުން އުފައްދައެވެ. ފެބަރ ކާސްޓަލްގެ އުފެއްދުންތަކުގެ ތެރޭގައި ސްކޫލު ދަރިވަރުންނަށް ބޭނުންވާ ކުރެހުމާ ގުޅުންހުރި ސާމާނުތައް ހިމެނެއެވެ. ފަންސުރު، ކުލަފަންސުރު، ފެންކުލަ، ކްރެޔޯން، ރަބަރު، ދަތި، މޮޑެލިން ޑޯ، އޮއިލް ޕާސްޓެލް، އަދި ތަފާތު ވައްތަރުގެ މާކަރާއި ގަލަން މިއީ އެތަނުން އުފައްދާ ބައެއް ވައްތަރުތަކެވެ.

ފެބަރ ކާސްޓަލް ބްރޭންޑްގެ އާޓް ސާމަނަކީ މަޝްހޫރު އާޓިސްޓުންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ އުފެއްދުންތަކެކެވެ. ސްކޫލް ކުދިންގެ ހިތްތައް އަތުލައިފައިވާ އުފެއްދުން ތަކެވެ. ކީއްވެ ހެއްޔެވެ؟ އެންމެ ސަބަބަކުން ފުއްދައިލެވޭ ވަރުގެ ސަބަބެކެވެ. އެ ތަކެތި އުފެއްދުމުގައި އެއްވެސް ވިހަ މާއްދާއެއް ހިމަނާފައި ނުވާތީއެވެ. އަދި ތަކެތި އުފައްދަނީ ކުދިންގެ ހެދިބޮޑުވުމުގެ މަރުހަލާތަކަށް ވިސްނައިގެން ކުދިންނާ ގުޅޭ ގޮތަށްކަމަށް ވާތީއެވެ. ކުދިން ގަޔާވާ އަދި ހިތްކިޔާ ގޮތަކަށްކަމަށް ވާތީއެވެ.

ފެބަރ ކާސްޓަލްގެ ފޭކް އުފެއްދުންތައް ރާއްޖޭގެ ބައެއް ފިހާރާތަކުން ލިބެން އެބަހުއްޓެވެ. މިފަދަ ފޭކް އެއްޗެއް ގަތުމުގެ ނުރައްކަލަކީ ތިމާއާއި ދަރިފުޅުގެ ސިއްޙަތަށް އެއިން ނޭދެވޭ އަސަރު ކުރުމެވެ. ނޭނގި ނަމަވެސް ނުރައްކާތެރި ކެމިކަލެއްގެ ސިކާރައަކަށް ތިމާއާއި ދަރިފުޅު ހުށަހެޅުމެވެ. ފެބަރ ކާސްޓަލްގެ ބްރޭންޑް ސާމާނު ގަންނަން އެންމެ ރަނގަޅީ އޭގެ އޮރިޖިނަލް ލިބެން ހުންނަ ތަނަކުން ގަތުމެވެ

.

އަސްރަފީ ބުކުޝޮޕަކީ އަޅުގަނޑުމެންނަށް މި ބުރޭންޑުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް އަވަދިނެތި މަސައްކަތްކުރާ ބުކްޝޮޕެވެ. އޭގެ އަސްލު ކޮލިޓީގައި ލިބެން ހުރި އެންމެ ދުވަސްވީ ބުކްޝޮޕެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *