އިމާރޖިން ސްޕޯޓްސް ޕާސަނަލިޓީ އެވޯޑް ތާޖުއްދީން ސްކޫލްގެ އީޝަލްއަށް

ވިމެން އިން މެނޭޖްމަންޓް (ވިމް) ޖަމިއްޔާއިން "ދޭ ޕްރޮފެޝަނަލް އެންޑް ކެރިއަރ ވުމެން އެވޯޑް" ގައި، އިމާރޖިން ސްޕޯޓްސް ޕާރސަނަލިޓީ އެވޯޑް، ގޯލްޑް ކެޓަގަރީން، ތާޖުއްދީން ސްކޫލްގެ ހައްވާ އީޝަލް ރިޔާޒަށް ލިބިއްޖެއެވެ. އެ އެވޯޑް އީޝަލްއަލް ލިބުނީ ޕެރަ ބެޑްމިންޓަނުންނެވެ.

އިމާރޖިން ސްޕޯޓްސް ޕާރސަނަލިޓީ އެވޯޑް ޓޭބަލް ޓެނިހުން ފާތިމަތު ދީމާ އަލީއާއި އައިޝަތު ރަފާ ނާޒިމަށް ލިބުނެވެ.

އީޝަލް ވަނީ ޕެރަ ބެޑްމިންޓަންގައި ދެ މުބާރާތެއްގައި ރާއްޖެ ތަމްސީލު ކޮށްފައެވެ. ޕެރަ ގޭމްސްއިން ރާއްޖެއަށް ފުރަތަމަ މޮޅު ހޯދައިދިން ކުޅުންތެރިއަކީ އީޝަލް އެވެ. މިދިޔަ އަހަރުގެ ޑީސެމްބަރުގައި އޮތް ޕެރަ ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި އީޝަލް ކުރިހޯދީ ބަންގްލަދޭޝްގެ ޝޮރްމީ މޮޒުމަޑާރްގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދައިގެންނެވެ.

އީޝަލްއަކީ ގިނަ ކަންތައްތަކެއްގެ ހުނަރުވެރި ކުއްޖެކެވެ. ސުކޫލްގެ ގިނަ ހަރަކާތްތަކުގައި ބައިވެރިވެއެވެ. ސުކޫލް ޕްރިފެކްޓެކެވެ. ކިޔެވުމަށް މޮޅު ދަރިވަރެކެވެ.

އީޝަލްއަކީ ޤުރުއާން ކިޔަވާ، މަދަހަ އާއި ލަވަވެސް ކިޔާ  އަދި އަދަބީ ގިނަ ހަރަކާތް ތަކެއްގައިވެސް ހަރަކާތްތެރިވަމުން އަންނަ ނަމޫނާ ދަރިވަރެކެވެ. މަންމަމެންގެ ބަސްއަހާ ގަޑިއަސް ފަރުވާތެރިވާ ދަރިވަރެކެވެ. އީޝަލް މި މުބާރާތަށް ތައްޔާރުވުމަށް ޕްރެކްޓިސް މެދުނުކެނޑި ކުރަމުންދާތާ ދެ އަހަރު ވެއްޖެއެވެ. އެތަނުން ކޯޗަށް އީޝަލްގެ ކުޅުން ރަނގަޅުވެގެން ވައިޑީޕީއަށް ގެންދިޔައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ގައުމީ ޕޫލްއަށް ހޮވިގެން ގައުމީ ޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ފެށިއެވެ. އީޝަލްއަކީ ރާއްޖޭގެ ފުރަތަމަ ޕެރާ އެންމެ ހަގު ބެޑެމިންޓަން ކުޅުންތެރިޔާވެސް މެއެވެ. އިންޓަނޭޝަނަލް ބޮޑު މުބާރާތެއްގައި އެންމެ ފުރަތަމަ ރާއްޖެއިން ބައިވެރިވި އަންހެން ޕެރާ ބެޑްމިންޓަން ކުޅުންތެރިޔާ ވެސް މެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *