ޙަމަދު ސްކޫލްގެ އާލިފަށް އެހީވުމުގައި ލ. އޭއީސީއާއި ހއ އޭއީސީގެ ދަރިވަރުން  ވެސް ނަމޫނާ ދައްކައިފި

ކެންސަރަށް ފަރުވާ ހޯދަމުންދާ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ގުރޭޑް 9 ބީގެ ދަރިވަރު މުހައްމަދު ޢާލިފު އަހުމަދަށް އެހީވާން އޭނާގެ ކުލާސް ކުދިން ފެށި މަސައްކަތުގައި ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ވެސް ބައިވެރިވެއްޖެއެވެ. މީގެ ކުރިން ވަނީ އައްޑޫ ސިޓީ ހިތަދޫ ސްކޫލްގެ ދަރުވަރުން ވެސް ބައިވެރިވެފައެވެ.

އާލިފު، ގުރޭޑް 1-4 އަށް ކިޔެވީ ފޮނަދޫގައި ހުންނަ ލ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭރު އޭނާއާއެކު އެއްކުލާހެއްގައި ކިޔެވި ދަރިވަރުން މިހާރު ކިޔަވަމުން ދަނީ ގުރޭޑް ނުވައެއްގައެވެ. އާލިފަށް އެހީވާން ނުކުތީ އޭނާއާއެކު އެއް ކުލާހެއްގައި ކިޔެވި ދަރިވަރުންނެވެ.

" ސްކޫލްގެ އިސްމަޤާމްތަކުގައި ތިބީ އާލިފުއާއެކު އޭރު އެއް ކުލާހެއްގައި ކިޔެވި ދަރިވަރުން. އެ ކުދިންގެ އިސްނެގުމުގެ މަތިން ފަންޑްރެއިންޒިންގެ ހަރަކާތެއް ފެށީ" އެ ހަރަކާތުގައި އިސްކޮށް މަސައްކަތް ކުރައްވާ ލ. އަތޮޅު ތަޢުމީމީ މަރުކަޒުގެ ލީޑިންގ ޓީޗަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ދޭއް، ޖަހަންދެން ފަންޑުރެއިޒިންގެ ޙަރަކާތް ކުރިއަށް ގެންދާނެއެވެ. އެހީގެ ގޮތުގައި ލިބުނު ފައިސާ ޙަމަދު ސްކޫލާ ހަވާލު ކުރާނީ އަންނަ އާދީއްތަ ދުވަހު، އެ ސްކޫލަށް ކުރާ ޚާއްޞަ ޒިޔާރަތެއްގައެވެ.

" އަޅުގަނޑުމްންގެ އިސް ދަރިވަރުން ޙަމަދު ސްކޫލަށް ޒިޔާރަށްކޮށް، އެހީގެ ގޮތުގައި ލިބުނު ފައިސާ ހަވާކުރާނީ"

" ދީލަތި ހިތްތަކުން .. ޢާލިފް އާއި އެކު" ކެމްޕޭން ހއ. އަތޮޅު ތަޢުމީމީ މަރުކަޒުގެ ގުރޭޑް 9ގެ ދަރިވަރުންގެ އިސްނެގީ މީގެ ތިން ދުވަސް ކުރިންނެވެ. ދެ ދުވަހުގެ ތެރޭގައި އެ ދަރިވަރުން ވަނީ 21،000 ރުފިޔާ ހޯދާފައެވެ.

" ގުރޭޑް 9ގެ ދަރިވަރުންގެ އިސްނެގުން އެއީ އިންސާނިއްޔަތަށް އެކުދިންގެ ހިތުގައި އޮތް ލޯބި. އެކުދިން އަމިއްލައަށް ފަންޑުރެއިޒިން ޚަރަކާތެއް ރާވައި، އިންތިޒާމް ކުރީ ވެސް. އެކަމުގައި ޔުނީފޯމް ބޮޑީތަކުން ވެސް އަމަލީ ގޮތުން ބައިވެރިވި" ޕްރިންސިޕަލް އަބްދުﷲ ނާޙިދު ވިދާޅުވިއެވެ.

ނާހިދު ވިދާޅުވީ، ދަރިވަރުން ހޯދި ފައިސާ މިއަދުގެ ވަގުތެއްގައި ޙަމަދު ސްކޫލާ ހަވާލުކުރައްވާނެ ކަމަށެވެ.

ކެންސަރަށް އާލިފު ފަރުވާ ހޯދަމުން އަންނަނީ އިންޑިޔާއިންނެވެ.

ޙަމަދު ސްކޫލްގެ ދަރިވަރުން ފެށި ފެންޑްރެއިޒިން ޙަރަކާތް މި މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *