މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ޓިއުޝަންދޭ، މިޒާ އިންސްޓިޓިއުޓުގެ 4ވަނަ ސެންޓަރު ހުޅުމާލޭ 1ވަނަ ފިޔަވަހީގައި، ހުޅުވަން ތައްޔާރުވެއްޖެއެވެ.
އަލަށް ހުޅުވާ މިޒާ އިންސްޓިއުޓު ހުންނަނީ ހުޅުމާލޭގެ ޕޮލިސް ސްޓޭޝަން ކައިރި، ހިތިގަސްމަގުގެ ހަތް ނަމްބަރު ގޯޅީގައެވެ. ދަރިވަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އެ ސެންޓަރުން މިހާރު ވަނީ ފަށާފައެވެ. ރަޖިސްޓަރީ ކުރަން ގުޅަންޖެހޭ ނަމްބަރަކީ 7433636 އެވެ.

މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅެމުންދާ ދަރިވަރުންނަށް ވިސްނައި، މިޒާއިން އެޅި މުހިންމު ފިޔަވަޅެވެ. މި ސެންޓަރު ޑިޒައިން ކޮށްފައިވަނީ، ވަކިވަކި ސްކޫލުތަކުގެ ދަރިވަރުންނަށް ވަކިން ޓިއުޝަން ދެވޭ ގޮތަށް، ގިނަ ކުލާސްތަކުގައި ހަ ކުދިން ތިބޭ ގޮތަށެވެ. މިގޮތަށް ޓިއުޝަން ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އެކިއެކި ސްކޫލުގެ ދަރިވަރުން މަސްހުނި ކުރުމުގެ ބަދަލުގައި، އެ ސްކޫލެއްގައި އެ ދުވަސްވަރު ކިޔަވައިދޭ ފިލާވަޅުތަކަށް ސަމާލުކަންދީގެން ކުރިއަށް ގެންދިއުމަށް މަގުފަހިވާތީއެވެ. އަދި އެކަމުގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ދަރިވަރުންނަށް ހިފޭތީއެވެ.

ޓިއުޝަން ދިނުމުގައި މިޒާގެ ކާމިޔާބީއަކީ ވަކި ސްޓޭންޑަޑެއްގައި ހިފެހެއްޓައިގެން ހަރުދަނާ އުޞޫލެއްގެ މަތިން ޚިދުމަތް ފޯރުކޮށްދެމުން ގެންދިއުމެވެ. އެގޮތުން ގުރޭޑް 9ން 12އަށް ކިޔަވައިދިނުމުގައި ގެންޅެނީ ޔޫ ޝޭޕް މޮޑަލެކެވެ. މި މޮޑެލުމުގައި ޓީޗަރުގެ ސަމާލުކަން ދީގެން ކިޔަވައި ދިނުމުގައި އެންމެ ގިނަވެގެން ކުލާހެއްގައި ކިޔަވާނީ 6 ދަރިވަރުންނެވެ. މިހެން ހެދުމުން ކިޔެވުމަށް ދަރިވަރުންގެ ފޯކަސް ހުއްޓި އެ ދަރިވަރުންނަށް މުދައްރިސުންގެ އަޅާލުމާއި އެހީތެރިކަން އިންތިހާއަށް ލިބެއެވެ.
ގްރޭޑް 9-12 އަށް އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރު ކުރުމަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުން ހުކުރު ދުވަހު އިތުރު ކްލާސްތައް ވެސް މިޒާ އިންސްޓިޓިއުޓުން ކުރިއަށް ގެންދެއެވެ.
ފުލްޓައިމް 5 މުދައްރިސުންނާއި 4 ރިސޯސް މުދައްރިސުންނާއެކު 2022 ވަނަ އަހަރު ޚިދުމަތް ދޭންފެށި މިޒާ އިންސްޓިޓިއުޓްގައި މިއަދު ފުލްޓައިމް 28 މުދައްރިސުންނާއި 20 ރިސޯސް މުދައްރިސުން މަސައްކަތް ކުރަމުން ގެންދެއެވެ. މިޒާ އިންސްޓިޓިއުޓްގައި މަސައްކަތް ކުރާ ހުރިހާ މުދައްރިސުންނަކީ ވެސް ފެންވަރު ރަނގަޅު ގިނަ ބައެއްގެ އިތުރުބާރު ލިބިފައިވާ "ޑެޑިކޭޓެޑް" މުދައްރިސުންނެވެ.
އެ އިންސްޓިޓިއުޓްގެ އަމާޒަކީ ޒަމާނީ ފެންވަރު ރަނގަޅު ކުލާސްރޫމްތަކެއްގައި ދަރިވަރުންނަށް ފަހި މާހައުލެއްގައި ޚިދުމަތް ފޯރުކޮށްދިނުމެވެ.

މިޒާ އިންސްޓިޓިއުޓުގެ ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ސައިންސްގެ މާއްދާތަކަށް ޚާއްޞަކޮށްގެން ބާއްވާ ޕްރެކްޓިކަލް ސެޝަންތަކަކީ ދަރިވަރުންގެ މަޤްބޫލުކަން ބޮޑު ސެޝަންތަކެވެ. މީގެ ބޭނުމަކީ ހަމައެކަނި ފޮތުން ކިޔެވުމުގެ ބަދަލުގައި ކުދިންނަށް ސައިންސްގެ ޕްރެކްޓިކަލް ބައިވެސް ހިމަނައިގެން ކިޔަވައިދިނުމެވެ. ހުރިހާ ފިލާވަޅެއްގެ ޕްރެކްޓިސް ނުގެންދެވުނަސް ކެމިކަލާ ނުލައި ޓެސްކިޓްތަކުގެ އެހީގައި ގެންދެވޭ ޕްރެކްޓިސްތައް ކުރިއަށް ގެންދެއެވެ. މީގެ ސަބަބުން ފިލާވަޅުގައި ބުނާއެއްޗެއް އަމަލީ ގޮތުން ދަރިވަރުންނަށް ވިސްނައިދެވި ކުރިއަށްދާން ފަސޭހަވެއެވެ.

މިޒާ އިންސްޓިޓިއުޓްގެ ހުރިހާ ކުލާސްރޫމްތަކަކީ އޭސީކޮށް، ސްމާޓް ޓީވީ ބަހައްޓައި، ކޮންމެ ކުލާސްރޫމެއްގައި ވަށައިގެން ބަލާލެވޭ ގޮތަށް ދެ ކެމެރާ ހަރުކޮށް، ކުލާސްރޫމްތަކުގެ ޖާގަ ވަކި މިންގަނޑެއްގައި ވަނީ ހިފަހައްޓާފައެވެ. އޭގެ ސަބަބުން ނޭދެވޭ ކަމެއް ހިނގުމުގެ ފުރުޞަތު ކުޑަވެއެވެ. އަދި ކަމެއް ހިނގާ ފަހަރެއްގައި ފަސޭހައިން އެކަމެއް ބަލާލެވެއެވެ. އެހެންވެ އަވަސް ފިޔަވަޅުތަކެއް އަޅަން މަގުފަހިވެއެވެ.
ގުރޭޑް 1ން 12އަށް ޓިއުޝަންދޭ މިޒާ އިންސްޓިޓިއުޓްގެ ފޭސް 2ގައި ހުރި ސެންޓަރު ތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވެސް އޮތީ ހުޅުވިފައެވެ. ހިޔާ ޓަވަރު 2 (އޮރެންޓް ޓަވަރު) ގެ ގްރައުންޓް ފްލޯގައި ހުންނަ ސެންޓަރުން ފޯރުކޮށްދޭ ޓިއުޝަންތަކުގެ މައުލޫމާތު 7333535 ން ސަފާވާނެއެވެ. ދެވަނަ ސެންޓަރު ހުންނަނީ ވިނަރެސް ޓަވަރ ފަސްޓް ފްލޯގައެވެ. އެތަނުން ދޭ ޚިދުމަތްތަކުގެ މައުލޫމާތު 7333636 އަށް ގުޅައިގެން ސާފުވާނެއެވެ. އަދި ހިޔާ ޓަވަރ 15ގެ ގްރާއުންޑް ފްލޯގައި ހުންނަ މިޒާ އިންސްޓިޓިއުޓްގެ ތިންވަނަ ސެންޓަރުގެ މައުލޫމާތު 7453335އިން ސާފުވާނެއެވެ. އަދި މިޒާގެ ހުރިހާ ސެންޓަރުތަކެއްގެ މައުލޫމާތު 7770953 އިން ސާފުކުރެވޭނެއެވެ.
މިޒާގެ ފޭސްބުކް ޕޭޖް Miza Institute ޒިޔާރަތްކޮށް ލުމުން ވެސް ކުރިން ނޭނގޭ އެތައް މައުލޫމާތެއް ލިބިގެންދާނެއެވެ.
advertisment
ހިޔާލު