ތައުލީމީ ގުޅުމުގެ ފަރާތުން އިސްނަގައިގެން ބޭއްވީ ޓީޖީ ޗެލަންޖްގައި، ހޭންޑްބޯޅައިން ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ. ފުޓްސަލްގެ ޗެމްޕިއަންކަން ހޯދީ ކަލާފާނާއި އިސްކަންދަރެވެ.
ރެހެންދި ސްކޫލްގައިރީގައި އޮތް ދަނޑުގައި ކުރިއަށް ގެންދިޔަ އަންހެނުންގެ ހޭންޑް ބޯޅަ ފައިނަލް މެޗްގައި ކުޅުނީ ކަލާފާނާއި މުޙްޔިއްދީން ސްކޫލެވެ. މި މެޗް 2-3ގެ ނަތީޖައަކުން ކާމިޔާބު ކުރީ ކަލާފާނެއެވެ.
ފުޓްސަލްގެ ފައިނަލްގައި ވާދަކުރީ އެމްއޯއީ ރަދުންނާއި ކަލާފާން އިސްކަންދަރެވެ. 2-3 ގެ ނަތީޖާއިން ޗެމްޕިއަންކަން ހޯދީ އިސްކަންދަރު-ކަލާފާނެވެ.
މި މުބާރާތަކީ ސްކޫލްތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގުޞަތުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ފައިނަލް މެޗްގެ ޝަރަފުވެރި މެހުމާނަކީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމެވެ.
ހިޔާލު