ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ގދ. އަތޮޅު ތައުލީމީ މަރުކަޒުން ފަށައިފިއެވެ. މި ޕްރޮގްރާމް ފައްޓަވާ ދެއްވާ، މާލީ ވަޒީރު އަހުމަދު އަމީރު ވަނީ ފޮތްތަކެއް ހަދިޔާ ކުރައްވާފައެވެ. މި ފޮތްތަކާ ހަވާލުވީ އެ ސްކޫލްގެ ކެޕްޓަނެވެ.
ކުދިން ފޮތް ކިޔުމަށް އަހުލުވެރި ކުރުވުމާއި، ލައިބްރަރީއަށް ފޮތް އިތުރު ކުރުމަށް އެ ސްކޫލުން މި ފެށި ޕްރޮގްރާމުގެ ދަށުން ހެޔޮއެދޭ ފަރާތްތަކަށް ފޮތް ހަދިޔާކުރަން ވަނީ ހުޅުވާލާފައެވެ. ތިނަދޫން ފޮތް ހަދިޔާ ކުރާނަމަ، އެ މަރުކަޒުން ވަނީ އެ އިންތިޒާމް ހަމަޖައްސާފައެވެ. މާލެއިން ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެވިޑް ކޮލެޖުން ވަނީ އެ އިންތިޒާމް ހަމަޖައްސައިދީފައެވެ.

މި ޕްރޮގްރާމުގެ ދަށުން އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ދަނީ ފޮތް ހަދިޔާ ކުރަމުންނެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒަކީ މިހާރު ގްރޭޑް 7ން 12 ށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލްގެ އިންގުން ހަރުދަނާކޮށް، ނެރޭ ނަތީޖާ ރަނގަޅު ކުރުމަށް، ތިން އަހަރަށް އަމާޒުކޮށް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
އަތޮޅުގެ ނަމްބަ ވަން ސްކޫލޭ ތީ. 🖤