ކެނދިކުޅުދޫ ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ: ފާއިތުވި ދެ އަހަރު، ސާނަވީން އެންމެ މޮޅު ދަރިވަރުންނަށް ދައްތައާއި ކޮއްކޮ

ޢާއިޝާއާއި ޒައިނަބު( މެދުގައި) ކިޔެވުމުގައި ދަނީ ނަތީޖާ ދައްކަމުން- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

ނ. ކެނދިކުޅުދޫ ސްކޫލްގެ ފާއިތުވި ދެ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައިވާއިރު، އެންމެ ހައިރާން ކުރުވަނިވި ކަމަކީ ފާއިތުވި ދެ އަހަރު ސާނަވީން އެއްވަނަ ހޯދި ދެ ދަރިވަރުންނަކީ ދައްތައާއި ކޮއްކޮއަށް ވުމެވެ. 2019 ވަނަ އަހަރު ސާނަވީން އެއްވަނަ ހޯދީ އައިޝާ ރިޔާޒް ވަހީދެވެ. 2020/2021 ވަނަ އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، އޭނާގެ ކޮއްކޮ ޒައިނަބު ރިޔާޒު ވަހީދެވެ.

ޢާއިޝާއާއި ޒައިނަބު ކިޔެވުމުގައިވެސް ނަމޫނާ ދެ ދަރިވަރުން- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

2019 ވަނަ އަހަރު މަތީ ސާނަވީން އެއްވަނަ ހޯދީ، އާމިނަތު ރަނާއެވެ. 2020/2021 ގައި މަތީ ސާނަވީގެ އެންމެ މޮޅު ދަރިވަރަކީ ފާޠިމަތު ސެލީނާއެވެ.

ސާނަވީން އެއްވަނަ ހޯދި ޢާއިޝާ ވަނީ ޖޫނިއަރ ޕްރިފެކްޓްކަމާއި، ސީނިއަރ ޕްރިފެކްޓްކަން އަދި ހައުސް ކެޕްޓަންކަންވެސް ކޮށްފައެވެ. 2018 ވަނައަހަރު އެ ސްކޫލްގެ އިމްތިޙާނުތަކާއި ސާނަވީ އިމްތިޙާންގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައި ވަނީ ވެސް ޢާއިޝާއެވެ.

ޒައިނަބު ވަނީ ޖޫނިއަރ ޕްރިފެކްޓްކަމާއި، ސީނިއަރ ޕްރިފެކްޓްކަން އަދި އެކްޓިވިޓީ ވައިސް ކެޕްޓަންކަން ކޮށްފައެވެ. 2021 ވަނައަހަރު ސްކޫލްގެ އިމްތިޙާނުތަކާއި ސާނަވީ އިމްތިޙާންގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދީ ވެސް ޒައިނަބެވެ. އޭނާ ވަނީ ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ. ޒައިނަބުގެ އިތުރުން އައިޝަތު އީމާ އަބްދުއްލަތީފު، ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ ހޯދިއެވެ.

މިހާރު މަތީ ސާނަވީގައި ކިޔަވަމުންދާ ޒައިނަބުގެ އުއްމީދަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ކުރިއަށް ދިއުމެވެ.

2019 ވަނަ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރު، އާމިނަތު ރަނާ އަކީ ސީނިއަރ ޕްރިފެކްޓެކެވެ.

މަތީ ސާނަވީން އެއްވަނަ ހޯދި ސެލީނާ: މިހާރު ދަނީ މުދައްރިސެއްގެ ގޮތުގައި ހިސާބު މާއްދާ ކިޔަވަމުން- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

2019 ވަނައަހަރު ސްކޫލްގެ އިމްތިޙާނުތަކާއި ސާނަވީ އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ، އެންމެ ރަނގަޅު ނަތީޖާ ހޯދީވެސް އޭނާއެވެ. 2020/2021 ވަނަ އަހަރު މަތީ ސާނަވީން އެއްވަނަ ހޯދި ސެލީނާ ވެސް ސްކޫލުގައި ފާހަގަކޮށްލެވުނު ދަރިވަރެކެވެ. ސެލީނާ މިހާރު ދަނީ މުދައްރިސެއްގެ ގޮތުގައި ހިސާބު މާއްދާއަށް ޚާއްޞަ ވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *