ސްމާރޓް ކިޑްސް ޕްރީސްކޫލް ހުޅުވިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އެ ސްކޫލްގައި ކިޔަވައިދެނީ އުމުރުން 18 މަހުން ފެށިގެން ހަ އަހަރާ ދެމެދުގެ ކުދިންނަށެވެ.
ސްމާޓް ކިޑްސްގައި ބޭނުން ކުރާނީ ޕްލޭ ބޭސްޑް މެތެޑެވެ. ދަރިވަރުން އުނގެނެވޭނެ އެންމެ ފަސޭހަ ގޮތްތަކަކީ ކޮބައިތޯ ދިރާސާކޮށް، އެ ގޮތްތަކަށް ކުލާސްތަކުގައި ކިޔަވައިދެ އެވެ. މީގެއިތުރުން ސްމާޓް ކިޑްސް އިން ފޯރުކޮށްދޭ ތައުލީމުން، ކޮންމެ ދަރިވަރަކަށް ވެސް އެކުއްޖެއްގެ ކިބައިގައި ހުރި ހުނަރު ދެނެގަނެ، އެ ހުނަރުތައް ތަރައްގީކޮށްދޭނެއެވެ.
ފަސް ކުލާސްރޫމާއެކު ކިޔަވައިދެމުންދާ ސްމާރޓް ކިޑްސް ޕްރީސްކޫލުގައި ތިން ދަންފަޅިއަށް ކިޔަވައިދެމުން ގެންދާނެއެވެ. މިއިން ކޮންމެ ދަންފަޅިއެއްގައި ވެސް 18 މަހާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދޭނެއެވެ.
ސްމާރޓް ކިޑްސް ޕްރީ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު ރަޢުފިއްޔާ ވިދާޅުވި ގޮތުގައި ކޮންމެ ކުލާހެއްގައިވެސް ގިނަ ވެގެން ތިބޭނީ ފަނަރަ ކުދިންނެވެ. ކޮންމެ ކުލާހެއްގައި ދެ ޓީޗަރުން މަސައްކަތް ކުރާނެއެވެ. ބެލެނިވެރިން އެ ސްކޫލާމެދު ޔަގީންކުރަންވީ ދަރިވަރުންނާ ގުޅޭ މާހައުލެއްގައި ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް، އޮންނަންޖެހޭ އިތުބާރެވެ.
ތައުލީމީ ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ ރަޢުފިއްޔާ ވިދާޅުވި ގޮތުގައި އަބަދުވެސް ބަލަނީ އެންމެ ކުޑައިރުއްސުރެ ދަރިވަރުން ދިރިއުޅުމުގެ މައިދާނަށް ނެރެ ކާމިޔާބު ކުއްޖަކަށް ހެދުމަށް ބިންގާ އަޅައިދިނުމަށްޓަކައި ބޭނުންކުރާނެ ޒަމާނީ ގޮތްތަކާއިއެކު ކިޔަވައި ދިނުމެވެ. އެގޮތުން ކުދިން ހިޔާލުފާޅުކޮށް ކަންކަމުގައި އިސްނަގައި ކެރުންތެރިކަން އިތުރުކޮށް، ކަންކަމާ ދޭތެރޭ ގިނަ ގޮތްގޮތަށް ވިސްނަން ދަސްކޮށްދިނުމަކީ ސްމާޓް ސްކޫލްގެ މައިގަނޑު އުސޫލުތަކެވެ. ދަރިވަރުން ޝައުގުވެރިވާ ކަންތައްތައް ސްކޫލުގެ ތެރޭގައި އަބަދުވެސް ކުރިއަށް ގެންދާނެއެވެ.

" އަޅުގަނޑުދޭން ބޭނުންވާ މެސަޖަކީ މިއީ އާތަނެކޭ ކިޔައި، މިތަނަށް ދަރިފުޅު ގެނެސްގެން ބެލެނިވެރިން މާޔޫސްވާކަށް ނުޖެހޭނޭ. މިތާނގައި މަސައްކަތް ކުރާނީ އެކްސްޕީރިއަންސް ޓީޗަރުން" ރަޢުފިއްޔާ ވިދާޅުވިއެވެ.
ސްމާޓް ކިޑްސް ސްކޫލުން ސަމާލުކަންދޭ ކަންތައްތަކުގެ ތެރޭގައި ދަރިވަރުންނަށް ވިސްނަންވީ ގޮތާއި ދަރިވަރުންނާ ގުޅޭ މާހައުލެއްގައި ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމާއެކު ކިޔެވުމަށް ފަސޭހަ މާހައުލެއްގައި ކުރިއަށް ގެންދިއުމެވެ. އެ ޕްރީސްކޫލް އިހުތިޔާރުކުރަން ޖެހެނީ، ރައުފިއްޔާ ވިދާޅުވި ގޮތުގައި އެ ސަބަބުތަކާ ހެދި އެވެ.
ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ކިޔަވައިދިނުމުގެ އެންމެ ފަހުގެ ވަސީލަތްތަކާއި އުފެއްދުންތެރި ހިޔާލުތައް ބޭނުންކުރަމުން އަންނަ އެއް ޕްރީ ސްކޫލްކަން ފާހަގަކޮށް އޭނާ ވިދާޅުވީ "މިތަނުގައި ވަރަށްބޮޑަށް ވިސްނުމެއް ވަކި ކޮންޕޯނަންޓެއްގެ ގޮތުގައި ކޮންޕިއުޓިން ގެންދިއުން. އެހެން ޕްރީސްކޫލް ތަކާ ހިލާފަށް ކަރިކިއުލަމް ތެރޭގައި ހިމެނިގެން ގެންދަން."
ސްމާރޓް ޕްރީ ސްކޫލުން ދަނީ އެ ސްކޫލްގެ ކަރިއުލަމަށް ޚާއްޞަކޮށް ފޮތްތައްވެސް ތައްޔާރު ކުރަމުންނެވެ.
ކްލިކް ކޮމްޕިއުޓާސްގެ ދަށުން ހިންގަމުން ގެންދާ ސްމާރޓް ޕްރީ ސްކޫލް އިންޓަރނޭޝަނަލް ސްޓޭންޑަޑަށް ގެންދިއުމަކީ އެ ސްކޫލްގެ އަމާޒެކެވެ. މި ސްކޫލް ހިންގަމުން ގެންދަނީ މަޖީދީމަގުގައި ހުންނަ މ. ޑައިމަންޑްވެލީގެ ދެވަނަ ފަންގިފިލާގައެވެ.
advertisment
ހިޔާލު