އައްޑޫސިޓީ ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތަފާ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ގުޅިވަޑައިގަންނަވައިފިއެވެ.
މުސްތަފާ ވަނީ ދަރިވަރު ނޫހަށް އެކަން ކަށަވަރުކޮށް ދެއްވާފައެވެ. ފޭދޫ ސްކޫލުން ވަނީ މުސްތަފާ ވަކިވެވަޑައިގެންނެވުމާ ގުޅިގެން ޚާއްޞަ ހަފްލާއެއްވެސް ބާއްވާފައެވެ.
މުސްތަފާ ވިދާޅުވީ ރަސްމީކޮށް ޣިޔާސުއްދީން ސްކޫލާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރު ކަމަށާއި، މިހާރު ކުރިއަށް ދަނީ ބަދަލުވުމުގެ މަރުހަލާ ކަމަށެވެ.
އޭނާ ވިދާޅުވީ ޣިޔާސުއްދީން ސްކޫލަކީ މާލޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެ އެއް ސްކޫލްކަމަށާއި، އެ ސްކޫލްގައި ހުރި ހުރިހާ ވަޞީލަތެއްގެ ބޭނުން ކޮށްގެން މިހާރަށްވުރެ ރަނގަޅު ތައުލީމެއް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ޣިޔާސުއްދީނާ ހަވާލުވުމަކީ އިތުރު ފިލާވަޅުތަކެއް ދަސްވުން ކަހަކަ ކަމެއް. މިހާރުވެސް ދަނީ ދަސްވަމުން. ސްކޫލްގައި ހުރި ހުރިހާ ބާރަކާއި ވަޞީލަތެއް ބޭނުންކޮށްގެން ކުރިއަށް ގެންދާނަން. ހަމަގައިމުވެސް ފަހަތަކަށް ނުދާނެ" މުސްތަފާ ވިދާޅުވިއެވެ.
ޣިޔާސުއްދީނަށް މުސްތަފާ، ބަދަލުވެ ވަޑައިގެންނެވީ އައްޑޫސިޓީ ފޭދޫ ސްކޫލްގެ ޕްރިންސިޕަލްކަމުގައި ނުވަ އަހަރު ހުންނެވުމަށްފަހުއެވެ.
އޭނާ ވަނީ ފޭދޫ ސްކޫލަށް ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވައި ދެއްވައި ބެލެނިވެރިންނާއި ދަރިވަރުންގެ ރުހުން ހޯއްދަވާފައެވެ.
advertisment
ހިޔާލު