ދެހާސް ކުދިންނަށް މާލޭގެ ސްކޫލްތަކުން ޖާގަދީފި
އަންނަ އަހަރު މާލޭގެ ސްކޫލްތަކަށް ވަންނަން 2116 ކުދިންނަށް ޖާގަ ދީފައިވާކަމަށް ތައުލީމާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ އަންނަ އަހަރު މާލޭގެ ސްކޫލްތަކަށް ވަންނަން އެދެމުންދާ ކުދިންނަށް ޖާގަ އޮތް ނިސްބަތުން މިހާރުވެސް ފުރުޞަތު ދެމުން ގެންދާކަމަށެވެ.
މާލޭގެ ސްކޫލްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކުދިން ވައްދަން އެދެމުން ދިޔައީ ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލަށެވެ. ތައުލީމާބެހޭ ވުޒާރާއިން ވަނީ އެ ދެ ސްކޫލަށް ވަންނަން ހުށަހެޅި ކުދިންގެ އަދަދު އެ ސްކޫލްގައި އޮތް ޖާގައަށްވުރެ އިތުރުވުމާ ގުޅިގެން މާލޭ ސްކޫލްތަކަށް ކުދިން ވެއްދުމާ ގުޅޭ އުޞޫލެއް ކަނޑައަޅާފައެވެ. މި އުޞޫލުގެ ދަށުން ޖާގަ ދިނުމުގައި އިސްކަންދެނީ އެ ކުއްޖަކު ދިރިއުޅޭ ސަރަހައްދުގައި ހުންނަ ސްކޫލަކުންނެވެ.
ތައުލީމާބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި ސްކޫލްތަކަށް ކުދިން ވެއްދުމަށް މީގެ ކުރިން އެކަށީގެންވާ އުޞޫލެއް ނެތްކަމަށާއި ސްކޫލްތަކަށް ކުދިން ވައްދަމުން ދިޔައީ ވަޒީރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފެންނަ ގޮތަށެވެ.
" ޖާގައިގެ މައްސަލަ ދިމާވީ ދެ ސްކޫލަކަށް. އެހެން ސްކޫލްތަކަށް ވަނުމުގައި މައްސަލައެއް ދިމަލެއް ނުވޭ" ވަޒީރު ވިދާޅިއެވެ.
ވަޒީރު ވިދާޅުވީ، ދަރިވަރު ހުރި ސްކޫލަކުން އެ ދަރިވަރުގެ ސިބިލިންގްސް އަށް ޖާގަ އޮތް މިންވަރަކުން ފުރުޞަތު ދެމުންދާ ކަމަށެވެ.
advertisment
ހިޔާލު